Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,637 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މި ސަރުކާރުގެ ސިޔާސަތަކީ، ކަރަންޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް
Raajje

މި ސަރުކާރުގެ ސިޔާސަތަކީ، ކަރަންޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދަރުބާރުގޭގައި ބޭއްވެވި މި ރަސ...

ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއްނެތް: އެޗްޕީއޭ
Raajje

ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއްނެތް: އެޗްޕީއޭ

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. As of 3rd March (19:00hrs), CURRENTLY, there are no confirmed cases of #COVID19 in the Maldives. To effectively combat #COVID19 please follow and circulate information from HPA and do not engage in spreading rumours.@MoHmv — Health Protection Agency […]

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި
Thiladhunmathi News

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ނޮޅިވަރަމު ކައުންސިލުން އާންމު ކޮށްފިއެވެ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އެރަށު ކައުންސިލުން އިއުލާނު ކުރީ މިއަދު އެވެ. އެރަށު ކައުންސިލުން މިއަދު ކުރި […]

ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި
Raajje

ކޯވިޑް-19 އިން ރައްކާތެރިވުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފި

ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފިއެވެ. މި ސެންޓަރަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ. އެހެން ޤައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި...

ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު
Raajje

ފުރަތަމަ އަހަރު 540 އަށްވުރެ ގިނަ މަޝްރޫޢު، އެއީ ރެކޯޑެއް: ހޫދު

މިސަރުކާރުން މިހާރު 540 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށް ގެންދާ ކަމަށާއި އެއީ ރެކޯޑެއް ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ. މިސަރުކާރުގެ ހިންގުން ލަސްވެ މަޝްރޫޢުތައް މަދުކަމަށް އިދިކޮޅުންނާއި އެމްޑީޕީގެ ތެރެއިން ވެސް ބުނަމުންދާ ދުވަސްވަރެއްގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން އެތައް މަޝްރޫޢެއް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އެއީ ސަރުކާރުގެ ދުވެލި ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެ...

16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި
Raajje

16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ޔޮޓެއް ގއ. ގެމަނަފުށީ ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ގއ.ގެމަނަފުށީގެ އުތުރު ކަންމަތީ ފަރަށް 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ‘ގްރޭންޑެއްޒާ’ ނަމަކަށް ކިޔާ ޔޮޓެއް އަރައިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން މިހާރު ހަރަކާތް ތެރި ވަމުން ދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސީޖީ އެމްއާރްސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:31 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ
Raajje

ފުޅި އަޅައިގެން އެންދަމަން ފީނި މީހަކު، ޑީކޯ ވެއްޖެ

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރުކަމަށް އެފަރާތުން ބުނެއެވެ. GA.kedhera kaireegai masverikan kuran ulhunu “Assariy” namakah kiyaa dhoanin, fulhi alhaigen enn...

ކޮވިޑް-19 : މަރުވި މީހުންގެ ޢަދަދު ތިންހާހުން މައްޗަށް
International

ކޮވިޑް-19 : މަރުވި މީހުންގެ ޢަދަދު ތިންހާހުން މައްޗަށް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ތިންހާހަށްވުރެ މައްޗަށް ހިނގައްޖެއެވެ. މިވައިރަސްގެ ސަބަބު މިހާތަނަށް ޖުމްލަ 3069 މީހުންވަނީ މަރުވެފައިއެވެ. މިވައިރަސްގެ 89778 މީހުން މިހާތަނަށް ފެނިފައިވާއިރު، އަލަށް މިވައިރަސް ޖެހިފައިވާ 1390 މީހުންވަނީ ފެނިފައެވެ. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 7375 މީހުން ތިބީ ސީރިއަސް ހާލަތެއްގައިއެވެ. 45497 މީހުންނަށްވަނީ މިވައިރަސްޖެހި ރަނގަޅުވެފައެ...

ދީނާ ހިލާފު ވޯކްޝޮޕް ތަޙުޤީޤުކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅަން އުޅުނު ކުއްލި މައްސަލައެއް ބޭރުކޮށްލައިފި
News

ދީނާ ހިލާފު ވޯކްޝޮޕް ތަޙުޤީޤުކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅަން އުޅުނު ކުއްލި މައްސަލައެއް ބޭރުކޮށްލައިފި

ދީނާ ހިލާފު ވޯކްޝޮޕް ތަޙުޤީޤުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅުއްވައިފިއެވެ. މިމައްސަލަ އަކީ ކުއްލި މައްސަލައެއްނޫން ކަމަށް އެމްޑީޕީގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވަނީ ބުނެފައެވެ. އަލީ އާޒިމް އަދި ހަސަން ލަތީފް ބުނެފައިވަނީ މިމައްސަލަ ކިޔާލާފައިވާކަމަށާއި އެމައްސަލަ ހުށައެޅުމަށް ސަރުކާރުގެ މެންބަރުން އިންކާރު ކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ އަކީ ކުއްލި މައްސަލައެއްތޯ ބެލުމަށް އިދާރީ މޭޒުގެ ލަފައަކަށް އެދިފަ...

"ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް" އިން ހިންގާ ޙަރަކާތްތަކާމެދު  ސަމާލުވުމަށް އެދެފި
Raajje

"ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް" އިން ހިންގާ ޙަރަކާތްތަކާމެދު ސަމާލުވުމަށް އެދެފި

ފައުންޑޭޝަން ފޯރ އަ ސްމޯކްފްރީ ވޯރލްޑް އިން ހިންގާ ޙަރަކާތްތަކާމެދު ސަމާލުވުމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތަށް އިލްތިމާސްކޮށްފައިވަނީ އެ އެޖެންސީގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނީ “ފައުންޑޭޝަން ފޯރ އަ ސްމޯކް ފޮރ ވޯރލްޑް” އިން، ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަޙައްދީ ބައެއް ޖަމާޢަތްތަކާއި ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި، ސީ.އެސް.އާރު ޙަރަކާތްތަކުގެ ނަ...

ހުޅުދޫ ބަނދަރު ހެދުން މަސައްކަތް އެމްޓީސީސީއަށް
Raajje

ހުޅުދޫ ބަނދަރު ހެދުން މަސައްކަތް އެމްޓީސީސީއަށް

ސ. ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، (އެމްޓީސީސީ)އާއި ހަވާލު ކޮށްފިއެވެ. ޕްލޭނިންގް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަދު ޕްލޭނިންގް މިނިސްޓްރީގައި މި ކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. https://twitter.com/MoNPImv/status/1234063185524609026?s=20 ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަ...

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި
Thiladhunmathi News

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ‘އަމާންވެށި’  ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި ހުންނަ ހއ.  އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 81 ވަނަ ފުރާވަރު ކޭމްޕް  ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހއ. އަތޮޅު މަދަރުސާގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި...

ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ
News

ނ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ

ޔޫތް ލީޑާރސް ނެޓްވޯކުން ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެއެވެ. ވެލިދޫގައި ކުރިއަށްގެންދިޔަ ފޯރަމް އަތޮޅުގެ 12 ރަށަކުން 79 ޒުވާނުން ފުރިހަމަކުރިއެވެ. ފޯރަމްގެ ތެރޭގައި މައިގަނޑު 7 ދާއިރާއަކުން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި. މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ހިމެނެއެވެ. މީގެއިތުރުން ޔޫތް ލީޑާރސް ނެޓްވޯކްގެ ސެޝަ...

"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު
News

"މަޤާމަށްޓަކައި ދީން ވިއްކާ ނުލާ": އިބްރާހީމް ރަޝީދު

މަޤާމަށްޓަކައި ދީން ވިއްކާ ނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ. ދީނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ދިފާއުކޮށް ހެދުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫން. މަގާމައްޓަކައި ދީން ވިއްކާ ނުލާށެވެ! އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ. އިބްރާހިމް ރަޝީދު ވަނީ ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށްވެސް މީގެ ދެދުވަސް ކު...

އެމްޑީޕީއަށް 13 ގޮނޑި ވަނީ ކަށަވަރުވެފައި: އީސީ
Raajje

އެމްޑީޕީއަށް 13 ގޮނޑި ވަނީ ކަށަވަރުވެފައި: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް އެކަނި ކަމަށެވެ. އީސީއިން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި […]