ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރުކަމަށް އެފަރާތުން ބުނެއެވެ.

Ad
rt

ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "އައްސާރިޔާ" ނަމަކަށްކިޔާ ދޯނިން އެންދަމަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.