ދީނާ ހިލާފު ވޯކްޝޮޕް ތަޙުޤީޤުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅުއްވައިފިއެވެ.
މިމައްސަލަ އަކީ ކުއްލި މައްސަލައެއްނޫން ކަމަށް އެމްޑީޕީގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވަނީ ބުނެފައެވެ. އަލީ އާޒިމް އަދި ހަސަން ލަތީފް ބުނެފައިވަނީ މިމައްސަލަ ކިޔާލާފައިވާކަމަށާއި އެމައްސަލަ ހުށައެޅުމަށް ސަރުކާރުގެ މެންބަރުން އިންކާރު ކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ އަކީ ކުއްލި މައްސަލައެއްތޯ ބެލުމަށް އިދާރީ މޭޒުގެ ލަފައަކަށް އެދިފައެވެ. އިދިކޮޅު މެންބަރުން ވަނީ މައްސަލަ ހުށައެޅުމުގެ ފުރުޞަތު ދެއްވުމަށް އެދިފައެވެ. އެހެން ނަމަވެސް ރިޔާސަތުން ނިންމަވާފައިވަނީ އިދާރީ މޭޒުން އެގޮތައް ލަފާދެއްވާފައި ނުވާތީ މައްސަލަ ހުށައަޅަން ފުރުޞަތު ނުދޭން ނިންމާފައެވެ.
މިކުއްލި މައްސަލައިގެ ކޮޕީއެއް ވަނީ މެންބަރ ނަޝީދު މިނޫހަށް ހިއްސާ ކުރައްވާފައެވެ. މި މައްސަލާގައި މަޤުޞަދެއްކަމަށް މެންބަރު ބުނެފައިވަނީ އިނގެރޭސިވިލާތަށް ނިސްބަތްވާ "ކުއިލިއަމް ފައުންޑޭޝަން" ނަމަކަށް ކިޔުނު ޖަމާޢަތެއްގެ ބަޔަކު ރާއްޖެ ގެނެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ އަޞްލުތަކާއި އަސާސްތަކާއި ސާބިތު ޙުކުމްތަކާމެދު ޝައްކާއި ވަހުމު އުފެދޭ ގޮތަށް ވޯކްޝޮޕްތަކާއި ކޮންފެރެންސްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ މައްސަލައާއި، ދިވެހި ދައުލަތުގެ އިސްލާމްވަންތަކަން ކަނޑުވާލައި ސެކިއުލާ ދައުލަތަކަށް ދިވެހި ދައުލަތް ބަދަލުކުރުމުގެ މަސައްކަތް ބަޔަކު ރާވައިގެން ހިންގަން ފަށާފައިވާތީ އެކަން މި ޢިއްޒަތްތެރި މަޖިލިހުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
ދިވެހި ދައުލަތަކީ ހަމައެކަނި ސައްތައިން ސައްތަ އިސްލާމީ ދައުލަތެކެވެ. ދައުލަތުގެ ޤާނޫނުތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. ދައުލަތުގެ ބާރުތައް ހަރަކާތްތެރިވާންޖެހެނީ ދައުލަތުގެ އިސްލާމީ ވަންތަކަމުގެ ސިފަ ގެއްލިގެން ނުދާނެ ގޮތެއްގެ މަތިންނެވެ.
ކި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިމައްސަލާގައި ބުނެފައިވަނީ މިކަންކަން އަޅުގަނޑުމެން ޤަބޫލުކުރާނަމަ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ ޙުކުމްތަކާއި އަސާސްތަކާއި އިސްލާމްދީނާއި ދައުލަތާ އޮންނަ ގުޅުމާމެދު ޝައްކާއި ވަހުމު އުފެއްދުމަށް ބަޔަކު ހިންގި ޢަމަލު ކުށްވެރިކުރަން ޖެހޭކަމަށެވެ. އަސި ރާއްޖެއަށް ގެނެސްފައިވާ "ކުއިލިއަމް" ފައުންޑޭޝަންގެ ބާނީންގެ ތެރެއިން މާޖިދު ނަވާޒު ނަމަކަށް ކިޔުނު މީހަކު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ އަންނަން ރޭވި ނަމަވެސް ވެރިކަން ބަދަލުވުމާ ގުޅިގެން އާދެވެން ނެތް ވާހަކަ ޓުވީޓުކޮށްފައިވާކަމަށާއި އަދި ހަމައެއާއެކު ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ވެއްޓުނު ސަރުކާރުގެ އިސްވެރިން އޭނާއަށް މަޢުލޫމާތު ދޭ ވާހަކަވެސް އޭނާ ދައްކާފައި އެބަ ހުރިކަމަށް މި މައްސަލައިގައި މެންބަރު ފާހަގަކޮށްފައިވެއެވެ.
މިކަންކަމާއެކު، އޭނާއަކީ އިސްލާމްދީނާއި ޢާންމު ދިރިއުޅުން ވަކިކޮށް އިސްލާމްކަމަކީ ހަމައެކަނި ޒާތީ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ޢަލްމާނީ ނުވަތަ ސެކިއުލާ ފިކުރު ފަތުރާ މީހެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުން އިސްލާމްދީނުގައި ހަރާމްވެގެން ނުވާ ކަމުގައިވެސް ބުނާ މީހެކެވެ. ރާއްޖެ އައިސް ރަށްރަށުގައި ވޯކްޝޮޕްތައް ހިންގި ހަރާސް ރަފީޤުވަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ދީނުގައި ހުއްދަ ކަމެއް ކަމުގައި ބުނެ އިންޑެޕެންޑެންޓު ނޫހުގައި ލިޔުމެއްވެސް ޝާއިޢުކޮށްފައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހިއްސާކުރެއްވި ލިއުމުގައިވެއެވެ.
މިޖަމާޢަތުގެ މީހުން ރާއްޖެ ގެނައުމުގައާއި އެޖަމާޢަތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްތަކާއި ސެމިނާތައް ކުރިއަށް ގެންދިއުމުގައި އެމްޑީޕީގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަށް ޓެރަރިޒަމާ ގުޅޭ ލަފާ އަރުވާ ނޫޝީން ވަޙީދުގެ ބައިވެރިވުން އޮތް ކަމުގެ މަޢުލޫމާތު އިތުބާރު ހުރި މަޞްދަރުތަކުން ކަށަވަރުވެފައިވާކަމަށާއި އެހެންކަމުން ދިވެހި ދައުލަތުގެ އަސާސީ ރުކުނަކަށް މިފަދަ ލޮޅުމެއް އަރާނެ ކަމެއް ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ހިންގެވުމަކީ އެކަމާމެދު މިމަޖިލިހުން ކަންބޮޑުވުން ފާޅުކުރަން ޖެހޭ ކަމެއް ކަމުގައި މެންބަރު ދެކޭކަމަށް ބުނެފައިވެއެވެ.
އަދި ދާދިފަހުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު، މަޝްހޫރު ދާއީ ބިލާލް ފިލިޕްސް ރާއްޖޭގައި ދަރުހެއް ދެއްވަން ދައުވަތުދެއްވައި އެ ދައުވަތު ބިލާލް ފިލިޕްސް ޤަބޫލުކުރައްވާފައި ވަނިކޮށް، މަޖްލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، މަޖްލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ ފިއްތުންތަކާއި ހެދި އަދި ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓު ނޫޝިން ވަހީދުގެ ލަފާގެ މަތިން ބިލާލު ފިލިޕްސް ރާއްޖެ ގެނައުން ވަނީ ހުއްޓުވާފައެވެ. އަދި އިންޑިއާ ސަރުކާރުން އެ ޤައުމުގެ މުސްލިމުންނާ އަދި ޖުމްލަކޮށް މުޅި އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަށް ދިފާއުކޮށް ރައްޔިތުންގެ މަޖްލީހުގެ ރައީސް ތަފާތު އެކި މަހަލް ތަކުގައި ވާހަކަ ދައްކަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބަޔާންކޮށްފައިވެއެވެ.
ޢިއްޒަތްތެރި މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީން މިމައްސަލަތައް ތަޙުޤީޤުކުރުމާއެކު، ދިވެހި ފުލުހުން ޙާޟިރުކޮށް މިފަދަ ކަމެއް ހިނގައިދިޔައިރު މިކަން ތަޙުޤީޤުކޮށް މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ކަމެއް ކުރެވިފައި ނެތީތީ ފުލުހުން މިމަޖިލިހުގެ ކަމާ ބެހޭ ކޮމިޓީއަށް ޙާޟިރުކޮށް ޖަވާބުދާރީކުރުވުމަށް ގޮވާލާކަމަށް ބޭރުކޮއްލި މައްސަލާގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!