މިސަރުކާރުން މިހާރު 540 އަށްވުރެ ގިނަ މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިއަށް ގެންދާ ކަމަށާއި އެއީ ރެކޯޑެއް ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ ހިންގުން ލަސްވެ މަޝްރޫޢުތައް މަދުކަމަށް އިދިކޮޅުންނާއި އެމްޑީޕީގެ ތެރެއިން ވެސް ބުނަމުންދާ ދުވަސްވަރެއްގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން އެތައް މަޝްރޫޢެއް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އެއީ ސަރުކާރުގެ ދުވެލި ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Ad
rt

ހޫދު ވިދާޅުވެފައިވަނީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށެވެ.

"ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށްވުރެ ގިނަ މަޝްރޫޢު ފަށައި އެކި މަރުޙަލާގައި ހިންގާފައިވާކަމީ، މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭ މިސާލެއް. އެއީ ރެކޯޑެއް. ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން މިގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ،"

ހޫދު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގައި ލަސްކަމެއް އުޅޭ ފާޑުކިޔުމުން އެމްޑީޕީގެ ބައެއް މެމްބަރުން ބުނެފައިވަނީ ލަސްވާނަ ލަސްކަމެއް ދިމާވެފައިވަނީ ކޯލިޝަންގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ކޯލިޝަން ރޫޅާލަންޖެހޭ ކަމައް އެފަދަ މެމްބަރުން ދަނީ ގޮވާލަމުންނެވެ.