ނައްތާލަން ނެރުނު ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ
ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސް ވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް އެތަކެތި ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 42 ގްރާމު ހުރިއިރު، އެ ތަކެތީގެ މަގުމަތީ...