ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރާފައިވާކަމަށެވެ.
މީގެއިތުރުން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އިތުރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް ޑރ އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން 18 މީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީގައި ތިއްބާ ޕޮޒިޓިވްވި ގިނަ މީހުން ހިމެނެއެވެ. މީގެކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރުން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޢުމުރުން ދުވަސްވީ މީހެއްގެ ހާލުރަނގަޅުވެ ފުރަތަމަ ހެދި ޓެސްތް ނެގެޓިވްވެފައިވާކަމަށާއި، ދެވަނަ ޓެސްޓްގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާކަމަށެވެ.
ކޯވިޑް-19އިން ރަނގަޅުވިކަން ކަށަވަރުކުރަނީ ފަރުވާދިނުމަށްފަހު ބަލިހުރިތޯ ބަލަން ދެފަހަރު ޓެސްޓް ހެދުމަށްފަހު އޭގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ރާއްޖެއިން މިހާތަނަށް ވަނީ 573 މީހަކު ޕޮޒިޓިވްވެފައެވެ.
މިހާތަނަށް 9863 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 477 ސާމްޕަލް އެބައޮތްކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސްގެ ތެރެއިން 441 މީހަކު ދެނެގަނެވިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!