އައްޑޫ ސިޓީގެ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ބަޔަކު ފިލައިފިއެވެ.

ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ތެރެއިން ފަސް މީހަކު ފިލާފައި ވާކަމަށެވެ.

Ad
rt

އެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު އިރުއޮށްސެން ކައިރިވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރާއި، ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްޕީއޭގެ މައުލޫމާތު ތަކަށް ބަލާއިރު މިވަގުތު ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި 1790 މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 555 މީހުން އެބަ ތިއްބެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.