ކޯވިޑް-19 ފެތުރެމުން ދާ މި ނާޒުކު ދަނޑިވަޅުގައި، ކޯވިޑް-19 ކޭސްތަކާއި ގުޅިގެން މަސައްކަތް ކުރާ މީހުން ރައްކާތެރިވުމަށް ބޭނުން ކުރާ ޕީޕީއީ ލައިގެން ޑިސްއިންފެކްޓު ކުރަން ކަމަށް ބުނެ މާލޭ ގެއަކަށް ވަގަކު ވަދެއްޖެއެވެ.

އެކަމުގެ މަޢުލޫމާތު އެނގޭ އެ ގޭގެ އެޕާޓްމަންޓެއްގެ ދިރިއުޅޭ ބަޔަކާއި ޢާއިލީ ގުޅުން އޮންނަ މީހަކު ބުނީ އެ މީހާ އެގެއަށް ވަންނަނިކޮށް ފެނުމުން ދަނީ ކޮން ފަންގި ފިލާއަކަށް ތޯ ސުވާލު ކުރުމުން ދަނީ ފުރަތަމަ ފަންގިފިލާ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެފައި ވާކަމަށެވެ.

Ad
rt

އެމީހާ ވަދެފައި ފަނީ މއ. ނައިޓްވިލާއަށެވެ. ނަމަވެސް އެމީހާ ފުރަތަމަ ފަންގި ފިލާއަށް ވަދެފައި ނުވާ ކަމަށް މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އެމީހާ ބުންޏެވެ. އެހެން ކަމުން އެ ގެއަށް ޑިސްއިންފެކްޓް ކުރަން މީހަކު ފޮނުވިތޯ ބަލަން އެޗްޕީއޭއަށް ގުޅުމުން އެގެއަށް މީހަކު ފޮނުވާފައި ނުވާނެ ކަމަށް އެޗްޕީއޭއިން ބުނި ކަމަށް އެމީހާ ބުންޏެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ސީސީޓީވީ ވީޑިއޯއަކުން ފެންނަ ގޮތުގައި އެގެޔަށް ވަނީ އެންމެ މީހެކެވެ. މާސްކު އަޅައި ކުޑަ ފުޅިޔެއް ހިފައިގެން ހުރި މީހަކު އެގެޔަށް ވަންނަ މަންޒަރާއި ނިކުންނަ މަންޒަރު ފެނެއެވެ.

އެޗްޕީއޭއިން އެ ގޮތަށް މައުލޫމާތު ދެއްވުމުން ބެލެވެނީ އެ ގެއަށް ވަނީ އޮޅުވާލައިގެން ވައްކަން ކުރަން ވަތް މީހެއްކަމަށް ކަމަށާއި، އިއްޔެވެސް އެގެއިން ފޯނެއް ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ދިން އެމީހާ ބުންޏެވެ.

ފުލުހުން ބުނީ މައްޗަންގޮޅި ގެޔަކުން ފޯނެއް ގެއްލިގެން މިއަދު މެންދުރު ފުލުހުންނަށަ ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ނަމަވެސް މިމައްސަލަ ތަޙްޤީގު ކުރަކުން އަންނަކަމަށް ފުލުހުން ހާމަކުރެއެވެ.

މިދުވަސްވަރުވެސް އޮޅުވާލައިގެން ވައްކަން ކުރުމުގެ ކަންކަން ހިނގާތީ ސަމާލުވުމަށް ފުލުހުން ކުރިން ވަނީ އިލްތިމާސް ކޮށްފައެވެ.