Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,687 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

"އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދައިފި
Raajje

"އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

އިޖުތިމާއީ މައްސަލަތައް އުފެދުމުގެ މައިގަނޑު އަސްލެއް ކަމުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން އާއްމުންގެ އަޑު އުފުލުމަށްޓަކައި އަމިއްލަ ޖަމިއްޔާއެއް “އާއްމުންގެ އެކުވެރި ގުޅުން” މި ނަމުގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީ ކޮށްފިއެވެ. މިއީ، މިހާރުވެސް ހިޔާ ފްލެޓްތަކަށް ގެނައި ބަދަލުތަކާއި އޭގެ ސަބަބުން އާއްމުންނަށް ދިމާވަމުންދާ ދަތިތައް ހިއްސާކުރުމަށް އުފައްދާފައިވާ ވައިބާ ކޮމިއުނިޓީ “ކޮތަރު ކޮށި” ގްރޫޕް ހިންގާ ފަރާތްތަކުން އިސްނަގައިގެން އުފެއްދި ޖަމިއްޔާއެއްކަމަށް މަޢުލޫމާތު ލިބެއ...

ޗައިނާ އަދި އިންޑިއާގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
Raajje

ޗައިނާ އަދި އިންޑިއާގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ހޯމަ ދުވަހު މެންދުރުފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮން...

ކޮޅިގަނޑު ބާރުގަދަވެ، މާދަމާ ހަވީރު ތޫފާނަކަށް ބަދަލުވާނެ: މެޓް
Raajje

ކޮޅިގަނޑު ބާރުގަދަވެ، މާދަމާ ހަވީރު ތޫފާނަކަށް ބަދަލުވާނެ: މެޓް

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ. މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް،...

ފެނަކަ ހިންގުމަށް އައި އިންޤިލާބީ ބަދަލުގެ ހެޔޮނަތީޖާ: އަރަނި ކުންފުންޏަކަށްވެ، ސާފު ސާދާ އޮޑިޓް ރިޕޯޓެއް
Business

ފެނަކަ ހިންގުމަށް އައި އިންޤިލާބީ ބަދަލުގެ ހެޔޮނަތީޖާ: އަރަނި ކުންފުންޏަކަށްވެ، ސާފު ސާދާ އޮޑިޓް ރިޕޯޓެއް

2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ލިބުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރ...

އުންމީދަކީ ރަންބިސްއަޅާ ކުކުޅުގެ ހާލިތައް، މިދައުރުގެތެރޭ ހދ އަތޮޅުގައި ތަރައްޤީވުން: ޢާޠިފް
Thiladhunmathi News

އުންމީދަކީ ރަންބިސްއަޅާ ކުކުޅުގެ ހާލިތައް، މިދައުރުގެތެރޭ ހދ އަތޮޅުގައި ތަރައްޤީވުން: ޢާޠިފް

ރަންބިސްއަޅާ ކުކުޅުގެ ހާލިތައް، މިދައުރުގެތެރޭ ހދ އަތޮޅުގައި ތަރައްޤީވުމަކީ އުންމީދެއްކަމަށް، ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްލިބިވަޑައިގެން ހުންނެވި މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ. ‎މުޙައްމަދު ޢާޠިފް މިހެން ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމާއި ގުޅިގެން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޢާޠިފް ވިދާޅުވީ، ‎ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ސި...

އުރީދޫގެ ޑިވައިސްތައް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހެދުން: ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް
Business

އުރީދޫގެ ޑިވައިސްތައް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހެދުން: ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް

އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ނެގޭގޮތަށް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރެކެވެ. އަދި ލުއި ފަސޭހަ ކަމެކެވެ. މިގޮތުން ނޮވެމްބަރު 26 ވަނަ ދުވަހު އެމްއައިބީން ވަނީ އުރީދޫ މޯލްޑިވްސްއަކީ އެ ބޭންކުގެ ”އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ”ގެ ބައިވެރިއެއްކަން ޢިއުލާނު ކޮށްފައެވެ. އަދި އެ ބޭންކުގެ އުޖާލާ ދިރި...

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް މުޅި ދުވާފަރު ނުކުންނަނީ
Raajje

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް މުޅި ދުވާފަރު ނުކުންނަނީ

ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ދެކޮޅަށް ރ. ދުވާފަރުގައި މިއަދު މުޒާހަރާއެއް ކުރަން ނިންމައިފިއެވެ. ދުވާފަރަށް ނިސްބަތްވާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މިހާރު ވަނީ މިއަދު އެރަށުގައި ”ގެވެށި އަނިޔާއާއި ދެކޮޅަށް ކުރާ މުޒާހަރާ” އެއް އޮންނާނެކަން ޢިއުލާންކޮށްފައެވެ. މިގޮތުން އެކަން ޢިއުލާންކޮށްފައިވާ ޕޯސްޓަރުގައިވާގޮތުން ދުވާފަރުގައި މިއަދު މުޒާހަރާފެށޭނީ އެރަށުގެ ”ބޮޑު ނިކަގަސް” ކައިރިންނެވެ. އަދި މި މުޒާހަރާ ފެށޭނީ މިއަދު ހަވީރު 16:00 ގައި ކަމަށް އެ ޕޯސްޓަރުގައި ބުނެފައި ވެއެވެ. އެ ޕޯސްޓަރުގައި ބ...

އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި
Thiladhunmathi News

އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި

އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި އެވެ. މިއަދު ފަނޑިޔާރުން އައްޔަންކޮށްފައިވާ އުތުރުގެ މެޖިސްޓްރޭޓް ކޯޓްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެ އިތުރުންވެސް 6 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ވަނީ މެޖިސްޓްރޭޓުން އައްޔަނު ކޮށްފަ އެވެ. އެއީ ގދ. ތިނަދޫ، ރ. މަޑުއްވަރި އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބުނެފައިވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢ...

ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި
Thiladhunmathi News

ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. އަތޮޅު ފުނަދޫއާއި މާއުނގޫދޫ އަދި ފޭދޫގައި ކަމަށެވެ. އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތު...

ރައީސް ޞާލިޙް، އެމްއެންޑީއެފްގެ ''ދަ ބޭސިކް ސްކޫލް'' ހުޅުއްވައިދެއްވައިފި
Raajje

ރައީސް ޞާލިޙް، އެމްއެންޑީއެފްގެ ''ދަ ބޭސިކް ސްކޫލް'' ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވައިފިއެވެ. އެ މަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ، ޅ. މާފިލާފުށްޓަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ. ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދ...

ހުޅުމާލޭ ސްޓޭޑިއަމްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ހުޅުމާލޭ ސްޓޭޑިއަމްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި ތަރައްގީކުރާ، “ދަ އިންޓަރނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް” ގެ ފްރޭމްވާރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި އެކުގައެވެ. ޕްލޭނިން ނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނ...

މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި
Raajje

މީޓިން ވިސާއާއި ކޯޕަރޭޓް ރެސިޑެންޓް ވިސާ އިތުރުކުރި ބިލު ތަސްދީޤު ކުރަށްވައިފި

ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ ދެ ވިސާއެއް އިތުރުކުރި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2007) އަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވިސާއަކީ، މީޓިންގ ވިސާއާއި، ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން މި ވިސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ. މީޓިންގ ވިސާއަކީ، ކޮންޓ...

އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް - ނައިބު ރައީސް
Raajje

އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދޭ އެއް މަސައްކަތް - ނައިބު ރައީސް

އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ. އަދި އެ ޚިޠާބުގައި އެމަނިކުފާނު ވަނީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިވާފައިއެވެ. ނަ...

ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި
Thiladhunmathi News

ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ”ތިލަދުން”އަށް ހިއްސާކޮށްފައެވެ. ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސް...

ހިޔާގައި ތިބި ކުދިން ތަކަކަށް އަނިޔާކުރި މައްސަލައެއް، 11 މީހަކަށް ދައުވާކުރަނީ
Raajje

ހިޔާގައި ތިބި ކުދިން ތަކަކަށް އަނިޔާކުރި މައްސަލައެއް، 11 މީހަކަށް ދައުވާކުރަނީ

2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުޑަކުދިންނާއިމެދު އެތަނުގެ ބައެއް މުއައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ދީފައިވާ މައްސަލައިގެ ތުހުމަތުގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމައިފިއެވެ. އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިމައްސަލަ ބެލުމަށްފަހު ޢާއްމުކުރެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަން ކުރިއަށް ގެންދިޔަ ތަހުގީގުގައި 2017 ވަނަ އަހަރު ކުޑ...