ރަންބިސްއަޅާ ކުކުޅުގެ ހާލިތައް، މިދައުރުގެތެރޭ ހދ އަތޮޅުގައި ތަރައްޤީވުމަކީ އުންމީދެއްކަމަށް، ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްލިބިވަޑައިގެން ހުންނެވި މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

‎މުޙައްމަދު ޢާޠިފް މިހެން ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމާއި ގުޅިގެން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad
rt

ޢާޠިފް ވިދާޅުވީ، ‎ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބީތަކަށްޓަކައި ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް އުފާވާކަމަށާއި ފަހުރުވެރިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

‎އަޅުގަނޑުމެން މިއަދު މި އުންމީދު ކުރަނީ އަދުގެ ‎ސަރުކާރުން މިހިނގާ ދައުރުގެތެރޭ މިކަމަށް ހަމަ ރަނގަޅު މިންވަރަކަށް މަސައްކަތްކޮށްދީ، ހދ އަތޮޅު ފަތުރުވެރިކަމުން އެއްފަރާތްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދީ ރަންބިސްއަޅާ ކުކުޅުގެ ހާލިތައް މިއަތޮޔުގައިވެސް ތަރައްޤީ ވެގެން ދިއުން

މުޙައްމަދު ޢާޠިފްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

‎ޢާޠިފް އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް 48 އަހަރު ފުރިގެން ދިޔައިރުވެސް ހދ އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފުރިހަމަ ނަފާ ހޯދޭނޭމަގެއް ފެންނާން ނެތުމީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ފާއިތުވެދިޔަ ސަރުކާރުތަކުން މިކަމަށް އެކަށީގެން ވާ މިންވަރަށް މަސައްކަތް ކޮށްދެވިފައިނުވާކަމީ އިންތިހާއަށް މާޔޫސްވާކަމެއްކަމަށް ވިދާޅުވެފައި ވެއެވެ.

ހދ. އަތޮޅަކީ 23 ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ، އެ އަތޮޅެއްގެ ނިސްބަތުން އެންމެ ގިނަ މީހުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެއް އަތޮޅެވެ.