އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ނެގޭގޮތަށް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބިގެން ދިޔަ އުފާވެރި ޚަބަރެކެވެ. އަދި ލުއި ފަސޭހަ ކަމެކެވެ.

މިގޮތުން ނޮވެމްބަރު 26 ވަނަ ދުވަހު އެމްއައިބީން ވަނީ އުރީދޫ މޯލްޑިވްސްއަކީ އެ ބޭންކުގެ ''އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ''ގެ ބައިވެރިއެއްކަން ޢިއުލާނު ކޮށްފައެވެ.

Ad
rt

އަދި އެ ބޭންކުގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އުރީދޫއިން ވިއްކާ އެންމެ ފަހުގެ ފޯނު ތަކާއި، އެކްސެސަރީ އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

އެމްއައިބީން ބުނީ އިންސްޓޯލްމެންޓް ޕްލޭން ކަނޑައަޅާނީ ކޮންމެ ކަސްޓަމަރެއްގެ އެވޭލަބަލް ލިމިޓަށް އެކަށޭނަ ގޮތަށް އެމްއައިބީ އިން އެޕްރޫވް ކުރެވިގެން ކަމަށެވެ.

ހަމަމިއާއިއެކު، އުރީދޫން ވެސް ވަނީ އެ ޕާޓްނާޝިޕްގެ ދަށުން އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ ގެންގުޅޭ ކޮންމެ މީހަކަށް ވެސް އުރީދޫ އިން ލިބެންހުރި ކޮންމެ ޑިވައިސްއެއްވެސް ބާޒާރުން ލިބެން ހުންނާނެ އެންމެ ރަނގަޅު އަގުގައި، އިންސްޓޯލްމެންޓަށް ނެގޭނެ ކަމަށް ބުނެފައެވެ.

އުރީދޫ މޯލްޑިވްސްއިން، އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، އަންނަނީ ފޯރުކޮށްދެމުންނެވެ.

އުރީދޫއިން ކަސްޓަަރުންނަށް އަލަށް ފޯރުކޮށްދޭންފެށި މިޚިދުމަތާއި ގުޅިގެން އެކުންފުނީގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، އެ ޕާޓްނަޝިޕްގެ ދަށުން އުރީދޫން މާކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޑިވައިސްތައް ގަތުމުން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކުގެ ދަށުން ލިބޭ ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ޑިވައިސްތައް ނަގާ ކަސްޓަމަރުންނަށްވެސް ލިބިގެންދާގޮތައް ހަމަޖައްސާފައިވާއިރު، އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށްވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންވާ ޑިވައިސްއެއް ހެޔޮ އަގުގައި ނެގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.

މާލެ އަދި ހުޅުމާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކަށް ޒިޔާރަތްކޮށް ބޭނުންވާ ފޯނު، އެކްސެސަރީ އަދި ޑިވައިސް އެ ފުރުޞަތުގެ ދަށުން މިހާރު ނެގޭނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްއިން އަންނަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަން ލިބޭނެ މަގުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.