ލަންކާގެ 3 މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި
ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ތިން މަސްބޯޓެއް ސިފައިން މިއަދު އަތުލައިގެންފި އެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރަށްވައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބޭރުގެ ބައެއް ޤައުމުތަކުގެ މަސ...