ކުޅުދުއްފުށީ ސިޓީގައި، ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ޔޫތް ލީޑަރޝިޕް ޓްރެއިނިންގ 2022" ފަށައިގެން ކުރިއަށް އެބަދެއެވެ.
ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ފެށި މި ތަމްރީނު ހޮނިހިރު (މާދަމާ) ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ތަމްރީނު ފައްޓަވައިދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ދާއޫދެވެ.
މި ތަމްރީނުގެ ތެރެއިން އީޖާދީ ވިސްނުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ މުހިންމު ހުނަރުތައް ތަރައްޤީކޮށް އެކި ދަނޑިވަޅުތަކުގައި ބޭނުންކުރާނެގޮތްތައް ކިޔައިދީފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
''މިފަދަ ޓްރެއިނިންގއެއް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކަމަށްޓަކައި ސްކައުޓް އެސޯސިއޭޝަންއަށް ޝުކުރު ދަންނަވަން.'' ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި، ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ޔޫތް ލީޑަރޝިޕް ޓްރެއިނިންގ 2022" އަމާޒުކޮށްފައި ވަނީ އުމުރުން 18 - 25 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ސްކައުޓް ހަރަކާތަކީ ދުނިޔޭގައި އުފެދުނުތާ 115 އަހަރު ވެފައިވާ ހަރަކާތެކެވެ. ރާއްޖޭގެ ސްކައުޓް ހަރަކާތަށް މިއަހަރު 66 އަހަރު ފުރިފައިވާއިރު، ދުނިޔޭގައި އިންސާނުން ދިރިއުޅުން ބިނާކުރުމަށް ތަފާތު އެކިކަހަލަ ހުނަރު ތަކާއި ޙަރަކާތްތައް ދަސްކުރުމަކީ މި ހަރަކާތުގެ މައިގަނޑު އެއް މަޤްޞަދެވެ. ރާއްޖޭގައި ވެސް އަންނަނޯ ފުޅާ ދާއިރާއެއްގައި ސްކައުޓް ހަރަކާތް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!