ހައިކޯޓަށް ފަނޑިޔާރެއް ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ޢިއުލާނާއި ގުޅިގެން އެ މަޤާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓަށް ފަނޑިޔާރެއް ހޯދަން 17 ނޮވެމްބަރު 2022 ގައި، ޖޭއެސްސީން ކުރި ޢިއުލާނާއި ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ މަޢުލޫމާތު މިއަދު އެ ކޮމިޝަނުން ހާމަކުރައްވާފައިވާއިރު، އެ މަޤާމަށް ވަނީ ފަސް ބޭފުޅަކު ކުރިމަތި ލައްވާފައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން
1. ޒީނަތު ޢަލީ / ދަފްތަރު. ނަންބަރު 2616 މާލެ
2. މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް، ގދ. ގައްދޫ
3. މަރްޔަމް ވަޙީދު / ބެލޫން، ސ. ފޭދޫ
4. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
5. ފައްޔާޟު ޝާޠިރު / ހަސަންކާރިގެ، ސ. މީދޫ
ހައިކޯޓޫގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ އާއިއެކު ޖުމްލަ 54،300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!