މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,930 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
Raajje

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސ. މަރަދޫފޭދޫ / ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް (31އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރައްވަމުން އަންނައިރު، އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަ...

އަނިޔާވި ނޫސްވެރިޔާ ހާލު ސީރިއަސް، ފަރުވާއަށް ލަންކާއަށް ފޮނުވަނީ
Raajje

އަނިޔާވި ނޫސްވެރިޔާ ހާލު ސީރިއަސް، ފަރުވާއަށް ލަންކާއަށް ފޮނުވަނީ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިރަށް މާލޭގައި ކުރި އިހުތިޖާޖު ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާގެ ހާލު ސީރިޔަސްވެ، އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފޮނުވަން އޭނާގެ އާއިލާ އިން ނިންމައިފި އެވެ. މިއަދު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވިއިރު، މަޖިލިސް ހުޅުވި ޖަލްސާގައި އޮތީ އާންމު އުސޫލުން ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް ރިޔާސީ ބަޔާން އިއްވުމެވެ. މިއަދު ހެނދުނު މިޖަލްސާ ކުރިއަށް ދިޔައިރު އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސްގޭ ހުންނަ ސަރ...

ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި
Raajje

ނޮޅިވަރަންފަރު ރައީސް އާއި ހުރާ ރައީސް ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހދ. ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބުދުﷲ ނަދީމް އާއި ހުރާ ކައުންސިލްގެ ރައީސް އީސަ ހައްޔަރުކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް މިއަދު ހުޅުވާފައިވާއިރު، މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައެވެ. އިދިކޮޅުން ވަނީ އެ ޖަލްސާ ފެށިގަޑިއާ އެއްވަގުތެއްގައި މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވެ އިޖުތިޖާޖު ފަށާފައެވެ. ފުލުހުން ސަރަހައްދު...

ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހި ކޮށްދެވިއްޖެ: ރައީސް
Raajje

ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހި ކޮށްދެވިއްޖެ: ރައީސް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު މި ސަރުކާރުން ވަނީ ފަހި ކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏ ވިދާޅުވެއްޖެއެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ރިޔާސީބަޔާން އިއްވަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މުޅި […]

މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނެ: ރައީސް
Raajje

މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނެ: ރައީސް

މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުވާނެކަން ރައީސް މިއަދު ޢިއުލާން ކުރައްވައިފިއެވެ. ރައީސް މިއަދު މިކަން ޢިއުލާން ކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ކުރިއަށްދާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. ސިއްހީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުވުމުގެ އިތުރުން ސަރުކާރުގައި ޚިދުމަތްކުރާ މީހުން ތެރެއިން 30 އިންސައްތަ އެލަވަންސް ނުލިބޭ ފަރާތްތަކަށް އެ ތާރީޚުން ފެށީގެން 30 ޕަސެންޓް އެލަވަންސް ލިބެންފަށާނެ ކަމަށް ވެސް […]

އިދިކޮޅު މެންބަރުންގެ ހަޅޭކުގެ އަޑާހެދި ކުރިއަށް ނުގެންދެވި ރިޔާސީ ބަޔާން އިއްވާ ޖަލްސާ މެދުކަނޑާލައިފި
Raajje

އިދިކޮޅު މެންބަރުންގެ ހަޅޭކުގެ އަޑާހެދި ކުރިއަށް ނުގެންދެވި ރިޔާސީ ބަޔާން އިއްވާ ޖަލްސާ މެދުކަނޑާލައިފި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ކުރިއަށްދާ ޖަލްސާގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންދާތީ، ރިޔާސީ ބަޔާން ކުރިއަށް ނުގެންދެވި، އިދިކޮޅު ބައެއް މެންބަރުންގެ ނަން ރިޔާސަތުން އިއްވައި، ޖަލްސާ މެދުކަނޑާލައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ. މިއަދު ޖަލްސާ ފެއްޓެވުމަށްފަހު ރިޔާސަތުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ދިޔައިރުވެސް އިދިކޮޅު ޕީޕީއެމް-ޕީއެން...

ތިލަފުށިން ބޭރުމީހުންނަށް ބިން ވިއްކުމަކީ ދިވެހިންގެ މާލީ ޙާލަތަށް ގެއްލުންވާނޭ ކަމެއް، ނިންމުން ބަދަލުކޮށްދީ: އެމްއެންޕީ
Raajje

ތިލަފުށިން ބޭރުމީހުންނަށް ބިން ވިއްކުމަކީ ދިވެހިންގެ މާލީ ޙާލަތަށް ގެއްލުންވާނޭ ކަމެއް، ނިންމުން ބަދަލުކޮށްދީ: އެމްއެންޕީ

ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމުމުގެ ސަބަބުން ދިވެހި އިޤްތިޞާދަށާއި، ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމަށާއި، އެ ނިންމުން ބަދަލުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެއަކީ ރާއްޖޭގެ ސިނާޢީ ހަބް ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާޢީ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. މާލޭގެ ސަރަޙައްދަކީ ބިމުގެ ގޮތުން ދަތި ސަރަޙައްދަކަށްވާއިރު، މާލޭގެ ސަރަޙަ...

ފަހުވަގުތު ޕީޕީއެމަށް ޖެހޭނީ ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ދޭން: ޝަރީފް
Raajje

ފަހުވަގުތު ޕީޕީއެމަށް ޖެހޭނީ ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ދޭން: ޝަރީފް

އެންމެ ފަހުވަގުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ޖެހޭނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދޭންކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝަރީފް، އިދިކޮޅު ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވެފައި ވަނީ، ޔާމީން ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުދޭނެ ކަމަށް އެ ޕާޓީން ބުނަމުން ދިޔަނަމަވެސް ފަހުވަގުތު އެ ޓިކެޓް އެހެން ބޭފުޅަކަށް ދިނުންނޫން ގޮތެއް އެ […]

ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ އެމްޑީޕީން ނުދެއްކިއްޔާ މާ ތާހިރުވާނެ: ޝިޔާމް
Raajje

ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ އެމްޑީޕީން ނުދެއްކިއްޔާ މާ ތާހިރުވާނެ: ޝިޔާމް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޮމްޕޮޒިޝަން ބަދަލުކޮށް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙްކުރާ ވާހަކަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުދެއްކިއްޔާ މާ ތާހިރުވާނެކަމަށް  މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ރޭ މާލޭ އާތިފިޝަލް ބީޗުގައި ބޭއްވި ”ދުއްޕާން” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދ...

މިފެށި މަސައްކަތް ދެން ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފައި: އަދުރޭ
Raajje

މިފެށި މަސައްކަތް ދެން ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފައި: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ސިޔާސީ ހަރަކާތްތައް ދެން ނިންމާނީ އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ވެރިރަށްމާލޭގެ އާޓިފިޝަލް ބީޗުގައި ”ދުއްޕާން” ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ގިނަ...

ތަރައްގީ ކުރުމަށްފަހު އޮލިމްޕަސް އަލުން ހުޅުވައިފި
Raajje

ތަރައްގީ ކުރުމަށްފަހު އޮލިމްޕަސް އަލުން ހުޅުވައިފި

ދިވެހި ފިލްމީ އުފެއްދުންތަކަށާއި، ދިވެހި ފަންނާނުންގެ އެކި އިވެންޓްތަކާއި، ޝޯވތަކަށް ހާއްސަ، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލުމަށްފަހު އަލުން ރޭ އެތަން ހުޅުވައިފިއެވެ. އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިތަން ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ރ...

ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވޭ، މި ނުކުތީ އެކަންކުރަން: އުމަރު
Raajje

ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވޭ، މި ނުކުތީ އެކަންކުރަން: އުމަރު

ވޭތުވި 15 އަހަރުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަން ވެރިކަންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ވެރިންގެ ސަރުކާރުތަކުގައި ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވާނެކަން ޢިއުލާން ކުރައްވާފައިވާ އުމަރު ރޭ ވަނީ “އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި އޭނާގެ ކެމްޕޭން ލޯންޗްކޮށްފައެވެ. އެކަމަށް މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ […]

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް
Thiladhunmathi News

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދީފައި ވަނީ ރައްޔިތުން ކައުންސިލްތަކާ ދިމާއަށް އެއްޗެހި ގޮވާގޮތައް ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް”ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ނޮޅިވަރަންފަރު ކައުންސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ނަދީމ...

އިދިކޮޅުގެ ''ދުއްޕާން'' ޖަލްސާ މިރޭ
Raajje

އިދިކޮޅުގެ ''ދުއްޕާން'' ޖަލްސާ މިރޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާއެއް މިރޭ ބާއްވާގޮތައް ހަމަޖައްސައިފިއެވެ. ”ދުއްޕާން” ނަމުގައި ބާއްވާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި ވެރިރަށް މާލޭގެ އާޓިފިޝަލް ބީޗްގައެވެ. އިދިކޮޅު ކޯލިޝަނުން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، މި ހަފްތާ ބަންދަކީ އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ވަރަށް ވަރުގަދަ ހަފްތާ ބަންދެކެވެ. މިގޮތުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން އެ ކޯލިޝަނުން 1000 އަށްވުރެ ގިނަ ބައިވެރިންނާއެކު ”ހޯޕް ކޮންފަރެންސް” އެ...

އާދީއްތަ ދުވަހުންފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ
Raajje

އާދީއްތަ ދުވަހުންފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަންފެށުމުގެ ތައްޔާރީތައް ނިމި، އަންނަ އާދީއްތަ ދުވަހުންފެށިގެން ރާއްޖޭގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަން ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފ...