ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން ފޯމްތައް ހުށަހަޅައިފި
ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމުތައް މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ މި ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމްތައް އީސީއާއި ހަވާލުކުރީ މި...