ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޒިޔަތުގެ މައްޗަށް އެ ދައުވާކުރީ ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކުގައި އެމްއެމްޕީއާރުސީއަށް 2014 ވަނަ އަހަރު ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދޫކޮށް، އެއަށް ޚިޔާނާތްތެރިވި ކަމަށް […]