މާލޭގައި ހިންގާ އުނިމާ ގްރޭންޑް ހޮޓަލަށް ޗެކިންވި އިންޑިއާގެ ޕާސްޕޯޓު ގެންގުޅޭ ދެ މީހުން ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ އިސްތިހާރަކީ އެ ހޮޓަލަށް އިނގިގެންކޮށްފައިވާ އިސްތިހާރެއް ނޫންކަމަށާއި، އެ ދެމީހުން ވަނީ ހޮޓެލްގެ އުސޫލުތަކާއި ޚިލާފްވުމުން ހޮޓަލުން ޗެކްއައުޓްކޮށްފައި ކަމަށް އުނިމާ ގްރޭންޑް ހޮޓަލުން ބުނެފިއެވެ.

ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީނީ ދަރުހެއް މާލޭގައި ބާއްވަން ނިންމައި، އެދަރުސް މީސް މީޑިއާގައި އިސްތިހާރު ކުރަމުން އަންނަ ކަމަށް މިއަދު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައެވެ. އަދި އެކަން ކުރިއަށް ގެންދާނީ އުނިމާ ގްރޭންޑްގައި ކަމަށް އެ މީހުން ކުރި އިސްތިހާރުގައި ބުނެފައިވާ ކަމަށް ވެސް އެ މީޑިއާތަކުން ވަނީ ބުނެފައެވެ.

Ad
rt

މިކަމާއިގުޅިގެން އުނިމާ ގްރޭންޑްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޑައިރެކްޓް ބުކިން ހަދައިގެން އެ ހޮޓަލަށް އިންޑިއާގެ ޕާސްޕޯޓު ގެންގުޅޭ ދެ މީހަކު ޗެކިން ވިކަމަށެވެ. ނަމަވެސް އެ ދެމީހުން އެ ހޮޓެލްގެ އުސޫލުތަކާއި ޚިލާފްވުމުން ޗެކްއައުޓް ކުރިކަމަށް އެ ހޮޓަލުން ބުނެފަވެއެވެ.

''މި ދެ މީހުން ފޭސްބުކް މެދުވެރިކޮށް ޖަހާފައިވާ އިސްތިހާރަކީ އެއްވެސް ސިފައެއްގައި މި ހޮޓަލަށް އެނގިގެން ކޮށްފައިވާ ކަމެއްނޫން'' އުނިމާ ގްރޭންޑުން ބުނެފަވެއެވެ.