ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބު ރޭ ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިލްޔާސްގެ ރޭގެ ވާހަކާގައި އޭނާ އެންމެފަހުން ކެމްޕޭނަށް ވަޑައިގެން ރ. އަތޮޅާއި ގުޅުވައި ވިދާޅުވީ އެ އަތޮޅުން ވެސް ލިބުނު މެސެޖަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަން އެ އަތޮޅުގެ ރައްޔިތުން ބޭނުންވެފައިވުން ކަމަށެވެ. އަދި އެ އަތޮޅުގެ ޗޮއިސް އަކީ އޭނާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމުން އެއީ ބިލާހެއްގެ ގޮތުގައި ބަޔަކު ސިފަކުރި ނަމަވެސް، އިންތިހާބު ކާމިޔާބުކުރާނީ އެ ޕާޓީން ކަމަށެވެ. އަދި މި އަންނަ ފަސް އަހަރަށް އެ ޕާޓީން ވި ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ރޭ ވަނީ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް ދިވެއްސަކު ބާކީކޮށް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އިލްޔާސް ހިމެނޭހެން 8 ކެންޑިޑޭޓަކު ވާދަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!