މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުންކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މިހާރު ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު މިހެން ވިދާޅުވީ އެ މައި ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ވެރިކަމެއްގައި ރާއްޖޭގެ ދަރަނި އަލުން އެކުލަވާލައި އެ މައްސަލަ ހައްލުކުރައްވާނެކަމަށެވެ. އަދި އިލްޔާސްގެ އެންމެ އިސް ވައުދަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މި ސަރުކާރުން ވީ އެންމެ ބޮޑު ހިޔާނާތަކީ ދަރަނި އަލުން އެކުލަވާނުލުމެވެ. 2026 ވަނަ އަހަރު އާމްދަނީއަށް ވުރެ މާ ބޮޑު އެއްޗެއް ދަރަންޏަށް ދައްކަން ޖެހޭނެ ކަމަށާއި، އެ ފައިސާ ދައުލަތުގައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ދަރަނި އެހެން ގައުމަކުން ދައްކައިދިން ނަމަވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވަނީ އިލްޔާސްގެ ސަރުކާރެއްގައި ދަރަނީގެ މަދުވެގެން އެއް މިލިއަން ޑޮލަރު ތިމާވެއްޓާ ބަދަލުކުރައްވައި އެ ދަރަނި ފޫބައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
8 ކެންޑިޑޭޓަކު ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!