ކަންނެލި މަސްވެރިން މާދަމާ އިހުތިޖާޖް ކުރަން މިދަނީ ތަށްޔާރު ވަމުން އަންނަކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގަައި ބުނެފައި ވަނީ، ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުނުފުއްދާ ކަމަށެވެ. އަދި ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަންނެލި މަސްވެރިން މާދަމާ އިހުތިޖާޖް ކުރަން ތަށްޔާރު ވަމުން އަންނަކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

Ad
rt

މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރާއި، އެ ވުޒާރާ ޓެގްކޮށްފައިވައިވާ މި ޓްވީޓްގައި ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ބުނީ، ކަންނެލި މަސްވެރިންގެ ހައްޤުގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިދިޔަ މޭމަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްވެރިންނަށް ބާކީ ނުދެވި ހުރި ފައިސާގެ އަދަދަކީ 61 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ ވެސް ދިނުމުގެ މަސައްކަތް ކުރައްވާ ކަމަށް އެދުވަހު ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރުގައި މަސްވެރިންނަށް ނުދެވި 280 މިލިއަން ރުފިޔާ ހުއްޓެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފައިސާ ވެސް މަސްވެރިންނަށް ދީފައެވެ.