މިއަހަރުގެ ރާއްޖޭގެ އަމީރުލް ޙައްޖަކަށް ވަޒީރު ޝަފީއު، ޙައްޖާޖީންގެ ފަހު ގްރޫޕް ފުރައިފި

ޙައްޖުވެރިއެއް ޢާއިލާއި އެކު، ރާއްޖޭގެ އަމީރުލް ޙައްޖަކަށް ވަޒީރު ޝަފީއު، ޙައްޖާޖީންގެ ފަހު ގްރޫޕް ފުރައިފި
ޙައްޖުވެރިއެއް ޢާއިލާއި އެކު، ރާއްޖޭގެ އަމީރުލް ޙައްޖަކަށް ވަޒީރު ޝަފީއު، ޙައްޖާޖީންގެ ފަހު ގްރޫޕް ފުރައިފި

ރާއްޖޭގެ މިއަހަރު ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރާފައިވާއިރު، އަމީރުލް ޙައްޖެއްގެ ގޮތުގައި ވަޑައިގަތީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ޙައްޖުގައި ރާއްޖެ ތަމްސީލްކުރާ އިސްބޭފުޅެއްގެ ގޮތުގައި، އަދި ރާއްޖޭގެ ހައްޖާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅާ އަމީރުލްހައްޖުގެ ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ.

މިއަހަރުގެ ޢަމީރުލް ޙައްޖު ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. ޝަފީއު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް މިއަދު ފުރާވަޑައިގެންފައިވާއިރު، ވަޒީރު ޑރ. ޝަފީޢު ފުރާވަޑައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕާއެކުއެވެ.

ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުންވައި ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

އަމީރުލް ހައްޖު ޑރ. ޝަފީއު، އިސްލާމިކް މިސްޓަރު ޑރ. ޝަހީމް އަދި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާއެެކު އެއާޕޯޓުގައި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރާފައި ވަނީ ހަތަރު ގްރޫޕަކަށެވެ.  ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. ޖޫން 3 ގައި ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ. އަދި ބާކީ ތިބި ހައްޖުވެރިން ފުރާފައި ވަނީ ޖޫން 7 ވަނަ ދުވަހާއި މިއަދު އެވެ.

މީގެ އިތުރުން މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެމީހުން ފުރީ ޖޫން 7 ގައެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *