ޖޭއެސްސީގެ ރައީސަކަށް ރިޒާ އިންތިޚާބުކޮށްފި

ހުސައިން ރިޒާ، ފޮޓޯ: ޖޭއެސްސީ
ހުސައިން ރިޒާ، ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް މާފުށީ ދާއިރާގެ މެމްބަަރު ހުސައިން ރިޒާ އާދަމް އިއްޔެ އިންތިޚާބުކޮށްފިއެވެ.

ރިޒާ އަކީ  ކ. ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. އޭނާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ގޮތުގައެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ 19 ވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސާން ހުސައިނެވެ. އޭނާ ވެސް މަޖިލީހުން އެއިރު ޖޭއެސްސީގެ މެންބަރުކަމަށް ކަނޑައެޅި މެންބަރެވެ. ޖޭއެސްސީގެ ރައީސް ކަނޑައަޅަނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާ މެމްބަރަކަށް މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރުރިޒާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ޖޭއެސްސީގެ ޤާނޫނު ބުނާގޮތުން އެ ކޮމިޝަންގައި ހިމެނޭ 10 މެންބަރުންކުރެ ދެ މެންބަރުންގެ ގޮތުގައި ހިމެނެނީ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން މަޖިލީގު ރައީސެވެ.

އެހެންކަމުން މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ރިޒާގެ ނަން ފާސްކުރުމުން ރިޒާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖޭއެސްސީ އަށް ޢައްޔަނުކޮށްފައި ވަނީ 4 ޖޫން 2024 ގައެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވި ރިޒާ ވަނީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައި ޝަރީއާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި