ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރުމުގައި ސަމާލުވާންއެދިއްޖެ
ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އެދިއްޖެއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތްކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާއި، އަދި އެ ސަރަހައްދަށް ދަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާ...