ދިމާވާ އެކިއެކި ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ތިބާ ގުޅަންޖެހޭ ނަންބަރުތައް އިނގިފައި އޮތުމަކީ މުހިންމުކަމެކެވެ.
އެ ދިމާވާކަމެއް ސިއްހާ ކުއްލި ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ގުޅަންވީ އެމްބިއުލާންސްގެ ނަންބަރުތައް އެނގިފައި ހުރުމަކީ ހާލަތަށް ތައްޔާރުވެ ހުރުމެވެ. އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ މުއައްސަސާއެެއްގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތެއްގައި އެފަދަ ނަންބަރުތައް ކޮންޓެކްޓް ލިސްޓުގައި އޮތުމަކީ އެހާލަށް ވަރަށް މުހިންމުކަމެކެވެ.
މިގޮތުން މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް މި ވިއްސާރަ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެކަަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮތީ ދުރާލާ ސަމާލުގެ މެސެޖު ނެރެފައެވެ.
މޫސުމީ ކާރިސާއަކާއި ގުޅިގެން ގުޅަންޖެހޭ ނަންބަރުތައް:
- ދިވެހި ފުލުހުންގެ ޚިދުމަތް 119
- އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު 118
- އެމްބިއުލާންސްގެ ޚިދުމަތް 100
- އެމްއެންޑީއެފްގެ ކޯސްޓްގާޑު 191
- ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ 115
- ދިވެހި ރެޑްކްރެސެންޓް 1425
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވެ، ކަނޑުތައް ގަދަވެފައިވާއިރު މޫސުމީ މި އަސަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ކޮށްފައެވެ. މިއަދު ކުރި ވިއްސާރާގައި އެކަނިވެސް މާލެ ހިމެނޭހެން އަތޮޅުތެރޭގެ ރަށްތަކެއް ވެސް ވަނީ ފެންބޮޑުވެފައެވެ.
މި މަހުގެ 9 ވަނަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ.
ރައްޔިތުންނަށް އިލްތިމާސްކުރަނީ މޫސުމުގެ ޙާލަތަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފަރުވާތެރިވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!