ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރުމުގެ މަސައްކަތް ބޮޑުކުރުމަށް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިއީ އެ އެއާޕޯޓުގެ އިންފްރާސްޓަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް އައިއޭއެސް އިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުއާއިގުޅޭގޮތުން އެމްޓީސީސީން ބުނީ، އައިއޭއެސްއާއި އެ ކުންފުންޏާއި ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ މަޝްރޫޢުގެ ދަށުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކުރާނެ ކަމަށެވެ.
MTCC has signed an agreement with @MaldivianAero towards implementation of N. Maafaru Airport Apron Expansion Project. CEO @CEOMTCC signed on behalf of MTCC and Mr. Ibrahim Iyas, MD, signed on behalf of @MaldivianAero.
Scope of works include, 453m2 demolition of existing fire… pic.twitter.com/Xnsvfkwrri
— MTCC Plc (@MTCCPlc) August 11, 2024
މީގެ އިތުރުން ވެއަރިން ކޯސްއެއް އެޅުމާއި، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މިއީ 29.85 މިލިއަން ރުފިޔާގެ މި މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!