ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ ޗެއާމަން ފިޔަވައި، އެ ކުންފުނޯގެ އެމްޑީއާއި ބޯޑު މެމްބަރުން ތަހްގީގު ނިމެންދެން ސަސްޕެންޑްކޮށްފިއެވެ.
އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވެފައި ވަނީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
’’މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވަމެވެ.’’ ހީނާ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!