ދެމައިން ނިޔާވި މައްސަލަ: އިހުމާލު އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް
ގއ. ވިލިނގިލީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ. ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރ...