ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ވިސްނުމެއް މާމިގީ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލު ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ޤާސިމް ނޫސްވެރިންމާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކާގަައި ރައީސްގެ އެ ވިސްނުންފުޅަކީ ރަނގަޅު ވިސްނުންފުޅެއްގޮތުގައި ވަނީ ފާހަގަކުރަށްވާފައެވެ.
ޤާސިމް ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބެއް ނިމި، އާ ސަރުކާރު އަންނަތާ ދެތިން މަސްތެރޭ މަޖިލީހުގެ އިންތިޚާބު އޮތުމުން ވެރިކަމަށް އަންނަ ބަޔަކު އެގޮތް މިގޮތުން ނުހައްގު ޚަރަދުތަކާއި ކަންކަން ކުރަމުން އަންނަކަމަށެވެ. މި ބަދަލުގެ ސަބަބުން މިކަންކަމަށް އޮންނަ ފުރުސަތު ހަނިކުރެވިގެންދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
"ރައީސް ކަމަށް ކޮންމެ ވެސް ބޭފުޅަކު ވަޑައިގެން ތިން ހަތަރު މަސް ދުވަސް ފަސް ހަ މަސް ދުވަސް ފަހުން ސަރުކާރު ހިންގާފައި ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނާތީ ސަރުކާރުން, ދައުލަތުން ނަހައްގު ހަރަދުތައް ހިންގާ, ނަހައްގު ކަންތައްތަކެއްކޮށް, ނުފޫޒު ފޯރުވަން ނުވަތަ އެހެން މިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ދާއިރާތަކަށް ގިނަގުނަ ކަންތައްތަކެއް ކޮށްދޭ ވާހަކަ ދައްކަނީ," ގާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ، މި ބަދަލު ރަނގަޅު ނަމަވެސް އެއިރަކު ރައީސަކަށް ހުންނަ މީހަކަށް ނުފޫޒު ފޯރުވަން ފުރުސަތު އޮންނާނެކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ. އެހެންކަމުން މި މައުލޫގައި ދެކޮޅަށް ދެއްކޭނެ ވާހަކަތައް ވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
ޤާސިމްގެ ވާހަކާގައި ވަނީ ގައުމު މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!