ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮށްފި
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެކުލަވާލުމަށް މަޝްވަރާކުރެވުނު މި ކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި، އޭގެ ފުރަތަމަ ބައްދަލުވު...