މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,979 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ދެއްވައިފި
Raajje

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވައިފިއެވެ. މިއަދު ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައްދަލުކުރެއްވުމަށްފަހު ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދ...

ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް
Raajje

ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސް...

ވިނަރެސް ފްލެޓެއް ތެރެއިން އަންހެނަކު ރޯއަޑު! ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ހޭނެތިފައި
Raajje

ވިނަރެސް ފްލެޓެއް ތެރެއިން އަންހެނަކު ރޯއަޑު! ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ހޭނެތިފައި

ހުޅުމާލޭ ވިނަރެސް ފްލެޓެއްގެ އެޕާޓްމަންޓެއްގައި ހޭނެތިފައި އޮތް އަންހެނަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރޭން އަންހެނަކު ރޯއަޑު އިވޭކަމުގެ ރިޕޯޓު މިއަދު (28 އޭޕްރިލް 2025 ވަނަ ދުވަހު)ގެ ހެނދުނު 6:05 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށްގޮސް ވަނީ ގަދަކަމުން އެމީހާ ރޯ އަޑު އިވުނު އެޕާޓްމަންޓްގެ ދޮރު ހުޅުވާފައެވެ. އަދި ދޮރުހުޅުވައި […]

ސްޓެލްކޯގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް
Raajje

ސްޓެލްކޯގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިންޖީނު ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ކޮންޓްރޯލް ކޮށްފިއެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވެގެންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:19 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، ފަޔަރ ފައިޓަރުން ވަނީ...

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި
Raajje

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސް މެލޭޝިއާއަށް ވަޑައިގެންނެވުމުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑރ. ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެ...

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް
Raajje

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް

އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅުއްވާނީ ތަހުޒީބުކަމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާ ކަމަށެވެ. “އަޅު...

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ
Raajje

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ

މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ. މިހާރު ޤައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެފައިވާ ޤައުމަކީ މެލޭޝިއާ ކަމަށްވުމާއެކު، މި ދަތުރުފުޅުގެ ސަބަބުން އެ ޤައުމުގ...

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
Raajje

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31 އަހަރު) އެވެ. ފާޠިމަތު ޝަހުދާގެ ޚަބަރެއް ނުވާތާ މިހާރު ވަނީ 6 ދުވަސް ވެފައެވެ. ފުލުހުންގެ ދިން މައުލޫމާތުގައި ވާގޮތުން، ފާޠިމަތު ޝަހުދާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ 20:00 ހާއިރުއެވެ. އޭނާ އެންމެ […]

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް
Raajje

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވ...

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް
Raajje

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ. “2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” ނަމުގައި މި ކޮމިޝަން އުފައްދަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، 2025 އެޕްރީލު 18 ވަނަ ދުވަހު […]

ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން
Raajje

ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިދާރާ ހިންގުން ނަވީނާއި ހަވާލުކޮށްފައި ވަނީ އެ މަސްއޫލިއްޔަތު ޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައެވެ. ފުލުހުންގެ އިދާރާއަށް ވަގުތީ ވެރިއަކު ހަމަޖައްސަން ޖެހުނީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ މަގާމުން އިސްތިއުފާދެއްވުމުންނެވެ. ނަވީން އާއި ފުލުހުންގެ މުއައްސަސާގ...

ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު
Raajje

ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް ދާޚިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައަޅާފައިވާ ކަމަށެވެ. ކޮމި...

ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް
Raajje

ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައިވާނެކަމަށް ޕީޖީ އޮފީހުން މިރޭ ބުނެފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މި އިރުޝާދުތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. ޕީޖީގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށް ހާމަކޮށްފައިވާ އިރުޝާދުތައް މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ […]

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި
Raajje

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ. މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް...

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ
Raajje

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަން ނިންމަވައިފިއެވެ. ސީޕީ ވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސީޕީ އިސްތިއުފާދެއްވަން ނިންމެވިކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.