މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31 އަހަރު) އެވެ.
ފާޠިމަތު ޝަހުދާގެ ޚަބަރެއް ނުވާތާ މިހާރު ވަނީ 6 ދުވަސް ވެފައެވެ.
ފުލުހުންގެ ދިން މައުލޫމާތުގައި ވާގޮތުން، ފާޠިމަތު ޝަހުދާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ 20:00 ހާއިރުއެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސިޓީ ޕާކް ސަރަހައްދުންނެވެ. އެ ވަގުތު އޭނާ ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ފާޠިމަތު ޝަހުދާ ހޯދުމަށް އާންމުންގެ އެހީތެރިކަން އެދިފައެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792269 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!