ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ދާޚިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައަޅާފައިވާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވުމުން އެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރެއްވިކަން ސަރުކާރުން ވަނީ މިރޭ ހާމަކޮށްފައެވެ.
ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް…
— Minister of Homeland Security & Technology (@min_mohst) April 26, 2025
ފުލުހުންގެ އިދާރާގައި ފަރުހާދުގެ އިތުރުން އިތުރު ޕިއުޓީ ކޮމިޝަނަރެއް ވެސް އަދި ހުންނަވައެވެ. އެއީ އިސްމާއިލް ނަވީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!