ތައިލެންޑްގެ އޯޕަލް ސުޗާޓާ ޗުއަންގްސްރީ މިސް ވޯލްޑް 2025 ގެ ތާޖު ހޯދައިފިއެވެ.
މިއަހަރުގެ މިސް ވޯލްޑް މުބާރާތުގެ ގްރޭންޑް ފިނާލޭގައި އޮތީ މެއި 31 ވަނަ ދުވަހު އިންޑިއާގެ ހައިދަރާބާދުގައެވެ. މި އިވެންޓްގައި މި އަހަރުގެ މިސް ވޯލްޑް ތައިލެންޑްގެ އޯޕަލް ސުޗާޓާ ޗުއަންގްސްރީގެ ބޮލުގައި މިސް ވޯލްޑް ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޝްކޯވާ އެވެ.
މިސް ވޯލްޑް 2025 ގެ ރަނަރަޕް އަކަށް ހޮވިފައި ވަނީ އިތިޔޯޕިޔާގެ ހަސެޓް ދެރެޖޭ އަދްމާސު އެވެ.
މިއަހަރުގެ މިސް ވޯލްޑްގެ މަގާމް ހޯދި އޯޕަލް ސުޗާޓާ ޗުއަންގްސްރީ އަކީ ތައިލެންޑްގެ ޕުކެޓަށް ނިސްބަތްވާ، އިންޓަރނޭޝަނަލް ރިލޭޝަންސް ދަރިވަރެއް އަދި މޮޑެލެކެވެ. އޯޕަލް އަކީ ވަރަށް ބޮޑަށް އޭނާގެ ޚިޔާލު ފާޅުކޮށް، އުރަމަތީގެ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ.
މިއީ އޯޕަލް ކާމިޔާބުކުރި ފުރަތަމަ މުބާރާތެއް ނޫނެވެ. 2024 ގައި، އޯޕަލް ތައިލެންޑް ތަމްސީލުކޮށް ބައިނަލްއަޤްވާމީ މިސް ޔުނިވަރސް 2024 ގައި ބައިވެރިވެ ތިންވަނަ ރަނަރަޕްގެ މަޤާމު ހޯދިއެވެ. ނަމަވެސް، އޭނާގެ މިސް ޔުނިވަރސް ތައިލެންޑްގެ 12 މަސްދުވަހުގެ ދައުރު ފުރިހަމަ ނުކޮށް މިސް ވޯލްޑް ތައިލެންޑް 2025 ގެ ތާޖު ބަލައިގަތުމާ ގުޅިގެން އޭނާގެ ތިންވަނަ ރަނަރަޕްގެ މަޤާމު ވަނީ ފަހުން އަތުލާފައެވެ.
މިއަހަރު، ޖުމްލަ 108 ވާދަވެރިން މި މުބާރާތުގައި ބައިވެރިވިއެވެ. 72 ވަނަ މިސް ވޯލްޑް ފައިނަލް ހޯސްޓްކުރީ ސްޓެފަނީ ޑެލް ވަލޭ (މިސް ވޯލްޑް 2016) އެވެ.
Every message, every word of support, has meant the world to me. I promise to use this opportunity to create meaningful change, contribute to society, and represent Thailand with all my heart on the global stage
With love
Opal Suchata Chuangsri
Miss World Thailand 2025 pic.twitter.com/B8Upoxvvdx— Opal Suchata (โอปอล สุชาตา) (@Opalsuchaaata) April 23, 2025
މި މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ، މިސް ވޯލްޑް ހިއުމެނިޓޭރިއަން އެވޯޑް ލިބިފައިވާ އެކްޓަރ ސޯނޫ ސޫދު، ބިއުޓީ ވިތް އަ ޕަރޕަސްގެ 2025 ވަނަ އަހަރުގެ ގްލޯބަލް އެމްބެސެޑަރ ސުދާ ރެޑީ، މިސް އިންގްލެންޑް 2014 އަދި ކެމްބްރިޖް ޔުނިވަރސިޓީގެ ހެލްތު ފިޒިޝަން ޑރ. ކަރީނާ ޓުރެލްއެވެ. މިސް ވޯލްޑްގެ ޗެއަރމަން ޖޫލިއާ މޯލީ، ސީބީއީ، ފަނޑިޔާރުންގެ ޕެނަލްގެ އިސްވެރިޔާގެ ގޮތުގައި ހަރަކާތްތެރިވެފަވެއެވެ.
މި މުބާރާތުގައި ވާދަކުރި އިންޑިޔާގެ ނަންދިނީ ގުޕްތާ އަށް މުބާރާތުގެ ޓޮޕް 8 އަށް ދެވިފައެއް ނުވެއެވެ. މިއީ މިސް ވޯލްޑް މުބާރާތް އިންޑިއާގައި ވިދިވިދިގެން ބާއްވާ ދެވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!