މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,962 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހައްޖު މޫސުމުގެ ހުރިހާކަމެއް ވެސް ކާމިޔާބު: ސައޫދީ
International

ހައްޖު މޫސުމުގެ ހުރިހާކަމެއް ވެސް ކާމިޔާބު: ސައޫދީ

1446 ވަނަ އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު އެއްވެސް ހާދިސާއެއް ނެތި ނިމުނުކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަމީރު ސަޢުދު ބިން މިޝްޢަލް ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ސަލާމަތްތެރިކަމާއި، ސިއްޙީ އަދި ޚިދުމަތްތަކާ ގުޅޭ އެއްވެސް ހާދިސާއެއް ނެތި ކާމިޔާބުކަމާއެކު ނިމުނުކަން އިޢުލާނުކުރައްވާފައެވެ. މިނާގައި ހުންނަ ގަވަރނަރޭޓްގެ މައި މަރުކަޒުނ...

މަސްކް ހުރީ ބުއްދި ގޯސްވެފައި، އޭނާ އާއި މިހާރު ގުޅުމެއްނެތް: ޓްރަމްޕް
International

މަސްކް ހުރީ ބުއްދި ގޯސްވެފައި، އޭނާ އާއި މިހާރު ގުޅުމެއްނެތް: ޓްރަމްޕް

ބިލިއަނަރ އެލޮން މަސްކާއި އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ އެމްބީސީ ނިއުސް އިން ވަނީ މަސްކާއެކު އޮތް ގާތް ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް ހީވޭތޯ ޓްރަމްޕާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، “އަހަރެން ހިތުން އެހެން ވާނެ، އާނ” މިހެންނެވެ. ދެ ބޭފުޅުންގެ ނިމުމަކަށް އައިސްފައިވ/ ގުޅުން އަލުން ރަނގަޅުކުރަން ބޭނުންތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ “ނޫން” ކަމަށް ވިދާޅުވެފައެވެ. މިއީ ސޯޝަލް މީޑިއާގައި ޓްރަމްޕާއި މ...

އަރުމީނިއާ މުބާރާތުން ލައިބާ ހޯދި ބޮޑު ކާމިޔާބީއަށް ރައީސްގެ މަރުޙަބާ
Sports

އަރުމީނިއާ މުބާރާތުން ލައިބާ ހޯދި ބޮޑު ކާމިޔާބީއަށް ރައީސްގެ މަރުޙަބާ

އަރުމީނިއާގައި ބޭއްވި ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތް “އަރމޭނިއަން ޔޫތު އޯޕަން” ގައި ދިވެހި ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ހޯދި ބޮޑު ކާމިޔާބީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި މުބާރާތުގައި ލައިބާ ވަނީ 3 ރަން މެޑަލް ހާސިލުކޮށްފައެވެ. މިއީ ދިވެހި ބެޑްމިންޓަން ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ރައީސް މުޢިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގައި ރަނގަޅު […]

ސައޫދީގެ ޙައްޖާއި ބެހޭ ވަޒީރު ރައީސް މުޢިއްޒާއި ބައްދަލުކުރަށްވައިފި
Raajje

ސައޫދީގެ ޙައްޖާއި ބެހޭ ވަޒީރު ރައީސް މުޢިއްޒާއި ބައްދަލުކުރަށްވައިފި

ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވައިފިއެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖު ވަފުދަށް ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ މިއާއިއެކު އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވ...

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމެއް ކަނޑައަޅަންޖެހޭ: ރައީސް
Raajje

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމެއް ކަނޑައަޅަންޖެހޭ: ރައީސް

ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަޅުގަނޑުމެންގެ ސިއްހަތު ބިނާވެފައިވަނީ ކަނޑުގެ ސިއްހަތުގެ މައްޗަށްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ދިރިއުޅުމުގެ މައިގަނޑު ވަސީލަތް ކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހާލަތ...

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ތިން ވަޒީކު މިނާ ފޭލިގެއަށް
Raajje

ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށް ތިން ވަޒީކު މިނާ ފޭލިގެއަށް

ރައީސް ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށްޓަކައި ވަޒީރުންގެ ވަފުދެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މި ޓީމު މިނާ ފޭލިއަށް ޒިޔާރަތްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޙައްޖުގެ އަޅުކަމަށް ރައީސްގެ ްއަރިހުގައި ވަޑައިގެންނެވި ވަޒީރުންނެވެ. އެ ވަޒީރުންނަކީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރު ޑ...

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ
Raajje

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ

އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކިޑްނީ ބަލިމީހުންނަށް ގިނަ ސަރަހައްދުތަކުން ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސް ޑރ. މުޢިއްޒު ގެ އަރިހުގައި އެދިފައިވާ ކަމަށެވެ....

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ. ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ...

ޓްރަމްޕްގެ މައްޗަށް ނުރައްކާތެރި ތުހަމަތެއްކޮށް މަސްކް ކުރި ޕޯސްޓް ޑިލީޓްކޮށްލައިފި
International

ޓްރަމްޕްގެ މައްޗަށް ނުރައްކާތެރި ތުހަމަތެއްކޮށް މަސްކް ކުރި ޕޯސްޓް ޑިލީޓްކޮށްލައިފި

ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު މި ހަފްތާގައި ހިނގި ހަރުކަށި ޢާންމު ޖަދަލެއްގައި، ޓްރަމްޕާއި ގުޅުވައި ނުރައްކާތެރި ތުހުމަތުތަކެއްކޮށް މީސް މީޑިއާގައި ކުރި ޕޯސްޓް ޑިލީޓްކޮށްލައިފިއެވެ. މަސްކާއި ޓްރަމްޕާއި ދެމެދު ނުތަނަވަސްކަން އުފެދި ނުރުހުމުގެ ހުޅު މީސް މީޑިއާއި އަހަމައަށް ފޯރާފައިވާއިރު، މި ނުތަވަސްކަން އުފެދުނީ މަސްކް ވައިޓް ހައުސްގެ އިސް ލަފާދޭ މުޝީރެއްގެ މަޤާމުގެ ދައުރު ފުރިހަމަ ކުރި ފަހުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ބިލިއަނަރ...

ޤައުމީ އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފި
Business

ޤައުމީ އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި މި ބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އިތުރު ތިން މަންޒިލަކަށް ޖެއްސުމަށްފަހު މި ބޯޓު ރާއްޖެ އައުމުގެ ކުރިން އެންމެ ފަހު މަންޒިލެއް ގޮތުގައި ޖެއްސީ އޮމާންގެ މަސްކަޓުންނެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިއަދު ފޯރީ ހަވީރު 16:00 ހާއިރުއެވެ. […]

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ
Raajje

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މި ބަލީގެ ކޭސް ފެނުމާ ގުޅިގެން ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން...

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
Business

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ރާއްޖެ އަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވައިފައެވެ. އެއް މިލިއަން ވަނަ ފަތުރުވެެރިޔާ އަށް މަރުހަބާ ކިޔާފައި ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމާއި އެމްއެމްޕީއާރްސީގެ ވެެރިންނެވެ. އެއް މިލިއަން ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައީ އަވަށްޓެރި އިންޑިއާގެ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އެއީ […]

ޕާކިސްތާނުގެ ލީޑަރޝިޕް ވަރަށް ވަރުގަދަ: ޓްރަމްޕް
International

ޕާކިސްތާނުގެ ލީޑަރޝިޕް ވަރަށް ވަރުގަދަ: ޓްރަމްޕް

ޕާކިސްތާނުގެ ލީޑަރޝިޕަކީ ‘’ވަރަށް ވަރުގަދަ’’ ލީޑަރޝިޕެއްކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޖަރުމަނުގެ ޗާންސެލަރ މަގާމާި ފްރިޑްރިޗް މަރޒް ހަވާލުވުމަށްފަހު އޭނާ އާއި އެކު ވައިޓް ހައުސްގައި ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ކުޑަކުރުމުގައި ޕާކިސްތާނުގެ ދައުރު ފާހަގަކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި ވަނީ މައްސަލަ ސީރިއަސް ހަނގުރާމައަކަށ...

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
Raajje

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ރިޕޯޓުކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 10:02 ހާއިރު ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލުގައި ދުއްވަމުން ދިޔަ ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތ...

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް
Raajje

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ “ވޯލްޑް ފުޑް ސޭފްޓީ ޑޭ” ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ...