އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގެ އަގު އެމެރިކާއިން ދައްކަންޖެހޭނެކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީންނަކީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރުގަދަ ޖަމާއަތެކެވެ. އެމެރިކާއަށް އިންޒާރުދީ ހޫތީން ބުނެފައި ވަނީ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދޭނެކަމަށެވެ.

Ad
rt

''އެމެރިކާރިކާ ކުރި ޢަމަލުގެ ނަތީޖާ އުފުލަންޖެހޭނެ" ޔަމަނުގެ ހޫތީ ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމުގައިވާ ހިޒާމް އަލް-އަސަދު ސޯޝަލް މީޑިއާގައި އެމެރިކާއަށް ދިން ކުރު އިންޒާރުގެ މެސެޖުގައި ބުނެފަވެއެވެ.

އެމެރިކާއިން އީރާނަށް ބޮން އަޅައިފިނަމަ ރަތް ކަނޑާއި، ހޯމުޒް ހަނިކަނޑު ބާބުލް މަންދަބު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެގެންދާނެކަމަށް ބުނެ ހޫތީން ވަނީ ކުރިން ވެސް އެމެރިކާއަށް އިންޒާރު ދީފައެވެ.

އިސްރާއީލުން ޣާއްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް، އިސްރާއީލްގެ ކިބައިން ބަދަލު ހިފުމަށް ހޫތީން އަންނަނީ ރަތް ކަނޑުން ދަތުރު ކުރާ އިސްރާއީލަށް މުދާ އުފުލާ ބޯޓުފަހަރަށް ހަމަލާދެމުންނެވެ. އިސްރާއީލުން ޣާއްޒާގައި ހިންގާ ގަތުލުއާންމާއި މަޖުބޫރުކުރުން ހުއްޓަންދެން އެ ހަމަލާތައް ދޭނެކަމަށް ހޫތީން ވަނީ ބުނެފައެވެ.

ހޫތީންގެ ހަމަލާތަކަކީ އިރާނުގެ އެހީތެރިކަމާ އެކުގައި އިރާނު އަޑީގައި އޮވެގެން ކުރުވާ ކަމެއްގެ ގޮތުގައި އެމެރިކާއިން ތުހުމަތުތަކެއް ކޮށްފަ ވެއެވެ. ނަމަވެސް އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.