ޖޯޑަންގައި ދެ ޑްރޯނެއް ވެއްޓި، 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ވެރިރަށުން ބޭރުގައި ހުރި ގެތަކަށާއި، އުޅަނދުފަހަރަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ލިބިއްޖެއެވެ.

މިގޮތުން ފުރަތަމަ ޑްރޯން ވެއްޓުނީ އަމްމާންގެ އުތުރުގައި ހުރި ވިޔަފާރި ސަރަހައްދެއްގެ ކައިރީގައެވެ. މި ހާދިސާގައި އާންމު އުޅަނދަކަށާކަށާއި ބަސް ހުއްޓާ ޝެލްޓަރަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

Ad
rt

އޭގެ ގަޑިއިރުތަކެއް ފަހުން، އަޒްރަޤް ސަރަހައްދުގައި އަނެއް ޑްރޯން ވެއްޓިފައިވާއިރު، މި ހާދިސާގައި 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ތިން ގެއަކަށާއި ދެ އުޅަނދުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޒަރްޤާ ސަރުކާރު ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި އަނިޔާވި ކުއްޖާގެ ހާލަތު ރަނގަޅެވެ.

މި ދެ ހާދިސާއާ ގުޅިގެން، ސެކިއުރިޓީ އަދި މިލިޓަރީ ޓީމުތަކުން އެ ސަރަހައްދުތައް ބަންދުކޮށް، މި ނުރައްކާތެރި ހާދިސާތަކާ ގުޅޭ ތަހުޤީޤެއް ވަނީ ފަށާފައެވެ.

އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމައިގެ ހާލަތު ގޯސްވަމުންދާތީ، ޖޯޑަންގެ އިސްވެރިން ދަނީ ނުރައްކާތެރި ހާލަތުގައި ތައްޔާރުވަމުންކަމަށް އަލް އަރަބިއާ ނޫހުން ރިޕޯޓްކޮށްފަވެއެވެ. ޖޯޑަންގެ އިސްވެރިން މި ހާދިސާތަކުގެ ޒިންމާ އެއްވެސް ފަރާތެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ.

ޖޫން 13 ގައި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުނީއްސުރެ، ޖޯޑަންގެ އެކި ކަންކޮޅުތަކަށް ގޮތް ނޭނގޭ އެއްޗެހި ވެއްޓެމުންދާ ކަމުގެ ރިޕޯޓުތައް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ ޑިރެކްޓަރޭޓަށް (ޕީއެސްޑީ) ހުށަހަޅަމުންދާކަމަށް އެތަނުން ވަނީ ބުނެފައެވެ. ބެލެވޭގޮތުގައި މީގެ ގިނަ އެއްޗެއްސަކީ އީރާނުގެ މިސައިލްތަކުގެ ނުވަތަ އިސްރާއީލުގެ އިންޓަރސެޕްޝަން ސިސްޓަމްތަކުގެ ބައިތައް ކަމަށް ޕީއެސްޑީ އިން ލަފާކޮށްފަވެއެވެ.