މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,954 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

15،000 އަށްވުރެ ގިނަ ފޮތާއެކު އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
Raajje

15،000 އަށްވުރެ ގިނަ ފޮތާއެކު އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ. މި ކުތުބުޚާނާ ތަރައްގީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. މިތަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ގޮސްފައި ވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި އިސްލާމީ ކުތުބުޚާނާ...

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި
Raajje

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ފަށައިފިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތަށްޓަކައި، މިނިސްޓްރީން ވަނީ ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ރަޖިސްޓްރީ ނެގުމަށް ދުވަހ...

ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް
Raajje

ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި، ދޮށީ އުމުރުގެ ދިވެހި އަންހެނަކު މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިކަލަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލެއް، ޒެބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 14:16 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ހިމެނޭ...

ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް
Raajje

ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރި...

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި
Thiladhunmathi News

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ
Raajje

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ. ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް އިއްޔެ ވެސް ބަލާފައިވާއިރު، އެމްއެންޑީއެފުން މިއަދު ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ. އެ ޑިންގީ ފެނުނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ...

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވެދާނެ: ރިޕޯޓް
International

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވެދާނެ: ރިޕޯޓް

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވާނެކަމަށް އިންޑިއާގެ ”އިންޑިއާ.ކޮމް” ގައި ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓަކާއި ހަވާލާދީ ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް އުންމަތަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނީ ޖަމާޢަތެވެ. 2010 އާއި 2020 އާ ދެމެދު ދުނިޔޭގެ އާބާދީގައި ކްރިސްޓިއަން ދީނުގެ ނިސްބަތް ދަށްވެފައިވާއިރު، މި ދަށްވުމާއެކުވެސް ކްރިސްޓިއަން ދީނަކީ އަދިވެސް ދުނި...

އެންޑްރޮއިޑް ބޭނުންކުރާ މީހުން ހެކަރުންގެ ކިބައިން ރައްކާތެރިކޮށްދިނުމަށް ގޫގުލްއިން އައު ދެ ފީޗަރ އެއް
International

އެންޑްރޮއިޑް ބޭނުންކުރާ މީހުން ހެކަރުންގެ ކިބައިން ރައްކާތެރިކޮށްދިނުމަށް ގޫގުލްއިން އައު ދެ ފީޗަރ އެއް

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް ގޫގުލްއިން އައު ދެ ފީޗަރއެއް ތަޢާރަފުކޮށްފިއެވެ. ދެ ފީޗަރ އާއި އެކު މިއީ އެންޑްރޮއިޑް ބޭނުންކުރާ 3 ބިލިއަނަށްވުރެ މީހުންނަށް ހެކަރުންގެ ކިބައިން ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ގޫގްލް އިން ނެރުނު ފުރަތަމަ ފީޗަރއަކީ “އެޑްވާންސްޑް ޕްރޮޓެކްޝަން” އެވެ. މި ފީޗަރ މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ރިސްކް ޕްރޮފައިލްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް ބައްޓަންކުރެވޭނެއ...

އައިފޯން 17 ޕްރޯ އާއި ޕްރޯ މެކްސް އަންނަ ސެޕްޓެމްބަރުގައި ނެރޭނެ: ރިޕޯޓް
Business

އައިފޯން 17 ޕްރޯ އާއި ޕްރޯ މެކްސް އަންނަ ސެޕްޓެމްބަރުގައި ނެރޭނެ: ރިޕޯޓް

އެޕަލް ކުންފުނިން ދުނިޔޭގެ މަގްބޫލްކަން ލިބިފައިވާ އައިފޯންގެ 17 ވަނަ ސީރީޒް ނެރުމަށް ތައްޔާރުވަމުންއަންނައިރު، މި ސީރީޒްގެ ފޯނުތައް އަންނަ ސެޕްޓެމްބަރު މެދުތެރޭގައި ނެރޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ސީރީޒްގައި އާ އިތުރުވުމެއްގެ ގޮތުގައި އައިފޯން 17 އެއަރ ހިމެނޭނެއެވެ. މިއީ އާންމުކޮށް ނެރޭ ޕްލަސް ވެރިއަންޓްގެ ބަދަލުގައި ނެރޭ މޮޑެލެކެވެ. އެޕަލްއިން މިފަހަރު ނެރޭ ސީރީޒްގައި ހިމެނޭނެކަމަށް ބެލެވެނީ ހަތަރު މޮޑެލެވެ. އެއީ އާންމު އައިފޯން 17، ތުނި އައިފޯން 17 އެއަރ، އަދި ޕްރީމިއަމް […]

79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
Raajje

79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، ޒަކަރިއްޔާ ފެނޭތޯ މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ޒަކަރިއްޔާ ހޯދުމުގެ މި އޮޕަރޭޝަންގައި، އެމްއެންޑީއ...

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް
Thiladhunmathi News

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބޮޑީއެއް ކަމަށާއި އަދި އެއީ ވަކިން ހިންގާ ވަކި ފެކްޝަނެއްކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ. ފިރާގް މިހެން ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ޤުރްއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި އަތޮޅު ކައުންސިލުން ކުރި ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ހަނިމާދޫ ކެތިއަރާ ޖަމިއްޔާއަށް ދިން ޖަވާބު ފޭސްބުކްގައި ހިއްސާ ކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފިރާގު […]

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް
Raajje

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައްކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މިއަދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ހަމަހަމަ ފުރުޞަތުތަކާއި ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓްގ...

ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި
Raajje

ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރެޔާއި ހަމައަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ ރޭ މެންދަމު 2:00 އާ ހަމައަށެވެ. ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ: ގދ. ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ހާދިސާ: ގދ.ގައްދޫން ފ...

''ޖުވާ ކުޅެގެންނާއި ޙަރާމް އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ބޭނުންކުރުން ހެޔޮނުވާނެ''
Religion

''ޖުވާ ކުޅެގެންނާއި ޙަރާމް އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ބޭނުންކުރުން ހެޔޮނުވާނެ''

ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ދުރުވުމަށް މިއަދު ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުޠުބާގެ މައުލޫއަކީ ”ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ.” މި މައުޟޫއަށް ގެނެސްދީފައިވާ ޚުޠުބާގައި ޖުވާގެ ނުރައްކާތެރިކަމާއި، ދީނީ ގޮތުން އެކަމުގައި ހިމެނޭ ގެއްލުންތައް ވަނީ ހަނދާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގައި މުހިންމު ބައެއް ނުކުތާތައް ތިރީގައި އެވަނީއެވެ. ޖުވާގެ ތަޢާރަފާއި، ޖުވާ ޙަރާމްވުމުގެ ސ...

ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު
Raajje

ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 23:30 އިން ފެށިގެން މެންދަމުން އަނބުރާ 3:30 […]