ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި
ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ. މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ […]