މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,951 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު
Raajje

ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިރޭ އިރާކޮޅު މާލޭގެ  މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުމަށްފަހު، އެ ސަރަހައްދުން […]

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް
Raajje

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް” އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެންނަވައި، މި ބަދަލު ގެންނެވި ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމ...

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
Raajje

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނީ މިރޭ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޒެބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގަ އާއި އެވަގުތު ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންކުރެ 17 އަހަރުގެ ކުއްޖާ މިހާރު […]

ސްކޭމްގެ 12 މައްސަލައެއްގައި ހިމެނޭ މީހަކު އާންމުންގެ އެހީގައި ހައްޔަރުކޮށްފި
Raajje

ސްކޭމްގެ 12 މައްސަލައެއްގައި ހިމެނޭ މީހަކު އާންމުންގެ އެހީގައި ހައްޔަރުކޮށްފި

ސްކޭމްގެ 12 މައްސަލައެއްގައި ހިމެނޭ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) އެވެ. ސާއިފް ވަނީ ފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ […...

އަބްދުއްރަހްމާނުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
Raajje

އަބްދުއްރަހްމާނުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުމުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވި އަބްދުއްރަހްމާން އާދަމުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިއަދު 8:15 ހާއިރު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް (އަބްދުއްރަހްމާން އާދަމް، އއ. މާޅޮހު/އޯކިޑްމާގެ) ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނިގެން އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ ރިޕޯޓް ރޭ މެންދަމު 1:50 ހާއިރ...

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ އެއްވަނަ ފިނާއަށް
Raajje

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ އެއްވަނަ ފިނާއަށް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025″ގެ އެއްވަނަ ބ. ތުޅާދޫ އަށް ނިސްބަތްވާ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ. ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން”ގެ 6 ވަނަ ސީޒަންގެ ގްރާންޓް ފިނާލޭ ރޭ ބާއްވާފައިވާއިރު، މިއަަހަރުގެ މުބާރާތުން 1 ވަނަ ހޯދި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހްމާން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް […]

މާޅޮހުގައި ބޮޑެތި ޒަޚަމްތަކާއެކު އޮއްވާ ފެނިގެން ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
Raajje

މާޅޮހުގައި ބޮޑެތި ޒަޚަމްތަކާއެކު އޮއްވާ ފެނިގެން ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

އއ. މާޅޮހުގައި ބޮޑެތި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 1:50 ހާއިރުއެވެ. ”އެމީހާ އަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި” ފުލުހުން ބުންޏެވެ. ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް ޒަޚަމ...

ޒަކަރިއްޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ޒަކަރިއްޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ގައްދޫ އިން ”ތިލަދުން” އާއި ވާހަކަދެއްކި މީހަކު ބުނީ ޒަކަރިއްޔާ ފެނުނީ ގދ. ގަމުގެ ދެކުނު ފަރާތު އަތިރިމަތީ ލައްގާފައި އޮއްވާ ކަމަށެވެ. ހޯދަމުން ދިޔަ ޒަކަރިއްޔާ އާއި ގުޅޭގޮތުން ފުލުހުން ވެސް ބުނީ މިއަދު ހެނދުނު 11:43 ހާއިރު ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ […]

ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ
Raajje

ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައެވެ. މިތަނަކީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައިއެވެ. މިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފުން ވަނީ 11...

ޚަރަދުކުޑަކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މުވައްޒަފުން ވަޒީފާއިން ވަކިކުރަންފަށައިފި
International

ޚަރަދުކުޑަކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މުވައްޒަފުން ވަޒީފާއިން ވަކިކުރަންފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އެމެރިކާގެ ޑިޕްލޮމެޓިކް ކޯރ އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ޚަރަދުކުޑަކޮށް މަސައްކަތް ހަރުދަނާކުރުމަށްކަމަށް ބުނެ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ. މިކަމަކީ އެމެރިކާގެ މަޞްލަޙަތުތައް ދިފާޢުކޮށް ކުރިއެރުވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ވަކިކުރުންތަކުގެ ސަބަބުން އެމެރިކާ...

ފްރާންސުން މަސްކްގެ "އެކްސް" އާ ދެކޮޅަށް ޖިނާއީ ތަޙްޤީޤެއް ފަށައިފި
International

ފްރާންސުން މަސްކްގެ "އެކްސް" އާ ދެކޮޅަށް ޖިނާއީ ތަޙްޤީޤެއް ފަށައިފި

ޓެކް ބިލިއަނަރު އެލޮން މަސްކްގެ ކުންފުނި، އެކްސް ނުވަތަ އެ ކުންފުނީގެ އިސްވެރިން، އެލްގޮރިދަމްތަކާއި ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފްރާންސްގެ ޕެރިސްގެ ޕްރޮސެކިއުޓަރ އޮފީހުން ހުކުރު ދުވަހު ބުނެފިއެވެ. މި ފިޔަވަޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކުވެރިއެއް ކަމުގައިވާ މަސްކްއަށް ކުރިމަތިވާ އިތުރު ފިއްތުންތަކެކެވެ. މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުލުހުންނަށް މަސްކް އަދި...

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމާއެކު މަކުނުދޫ ބެލެނިވެރިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް
Thiladhunmathi News

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމާއެކު މަކުނުދޫ ބެލެނިވެރިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް

ހދ. މަކުނުދޫ ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފިއެވެ. މި ޑިޖިޓަލް ނޯޓިސް ބޯޑަކީ މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) މާލީ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ޑިޖިޓަލް ނޯޓިސް ބޯޑެކެވެ. މި ނޯޓިސް ބޯޑު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ސްކޫލްގެ އިސް ބެލެނިވެރިންނާއި އަދި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖް...

ނޮޅިވަރަމް ދާއިރާ މެމްބަރު ރަޝީދު ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަމް ދާއިރާ މެމްބަރު ރަޝީދު ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) ދާއިރާގެ ރައްޔިތުންނަށް ދެއްވާ އުމްރާ ދަތުރަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ކޮންމެ އަހަރަކު ދާއިރާގެ ދެ ރަށް ކަމަށްވާއި ނޮޅިވަރާމާއި، ނޮޅިވަރަންފަރުގެ ދެ ރަށުން ގުރުއަތުން ހޮވޭ 4 މީހަކު އުމްރާ އަށް ފޮނުވުމަކީ ރަޝީދުގެ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން މިއަހަރު އުމްރާއަށް ދިޔުމަށް ގުރުއަތުގައި ބައިވެރިވުމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށް 21 ޖުލައި 2025 ވަނަ...

ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން ހަވާލުކޮށްފި
Thiladhunmathi News

ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން ބިން އެ މަސައްކަތު ކޮންޓެކްޓަރ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އެ ބިން އެމްޓީސީސީއާއި ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ނެއްލައިދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރ...

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފި
Thiladhunmathi News

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފިއެވެ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި އެ ކޮމިޓީއިން ނާރެސް ޕްރީ ސްކޫލްގައި ތަރައްޤީ ކޮށްދިން ރީޑިންގް ކޯނާރގެ މަސައްކަތް ނިންމައި، އެތަން ވަނީ ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައެވެ. މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގަ...