އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް ގޫގުލްއިން އައު ދެ ފީޗަރއެއް ތަޢާރަފުކޮށްފިއެވެ.
ދެ ފީޗަރ އާއި އެކު މިއީ އެންޑްރޮއިޑް ބޭނުންކުރާ 3 ބިލިއަނަށްވުރެ މީހުންނަށް ހެކަރުންގެ ކިބައިން ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މިގޮތުން ގޫގްލް އިން ނެރުނު ފުރަތަމަ ފީޗަރއަކީ "އެޑްވާންސްޑް ޕްރޮޓެކްޝަން" އެވެ. މި ފީޗަރ މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ރިސްކް ޕްރޮފައިލްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް ބައްޓަންކުރެވޭނެއެވެ.
ދެވަނަ ފީޗަރއަކީ "ސިސްޓަމް ސަރވިސަސް" އެވެ. މި ފީޗަރއިން އަޕްޑޭޓްތައް ބެލެހެއްޓުމަށް އިތުރު ފުރުސަތު ލިބި، ހެކަރުންނަށް ނުފޫޒު ފޯރުވޭނެ ދޮރުތައް ބަންދުކުރެވޭނެއެވެ.
އެންޑްރޮއިޑް 6 އަދި އޭގެ ފަހުގެ ވަރޝަންތައް ބޭނުންކުރާ ގިނަ ފަރާތްތަކަށް ސިސްޓަމް ސަރވިސަސް ސެޓިންގްސް ލިބޭނެއެވެ. މި އައު ޕޭޖުން ޑިވައިސްގެ ސަލާމަތަށް މުހިންމު ބެކްގްރައުންޑް ސަރވިސްތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އައު ފީޗަރތަކުން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެކި ބާވަތުގެ ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. ސްމާޓްފޯނު ބޭނުންކުރާ ފަރާތްތަކުން މި އައު ސަލާމަތީ ފިޔަވަޅުތަކާ ބެހޭ ގޮތުން އޮޅުންފިލުވައި، އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!