އެޕަލް ކުންފުނިން ދުނިޔޭގެ މަގްބޫލްކަން ލިބިފައިވާ އައިފޯންގެ 17 ވަނަ ސީރީޒް ނެރުމަށް ތައްޔާރުވަމުންއަންނައިރު، މި ސީރީޒްގެ ފޯނުތައް އަންނަ ސެޕްޓެމްބަރު މެދުތެރޭގައި ނެރޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ސީރީޒްގައި އާ އިތުރުވުމެއްގެ ގޮތުގައި އައިފޯން 17 އެއަރ ހިމެނޭނެއެވެ. މިއީ އާންމުކޮށް ނެރޭ ޕްލަސް ވެރިއަންޓްގެ ބަދަލުގައި ނެރޭ މޮޑެލެކެވެ. އެޕަލްއިން މިފަހަރު ނެރޭ ސީރީޒްގައި ހިމެނޭނެކަމަށް ބެލެވެނީ ހަތަރު މޮޑެލެވެ. އެއީ އާންމު އައިފޯން 17، ތުނި އައިފޯން 17 އެއަރ، އަދި ޕްރީމިއަމް އައިފޯން 17 ޕްރޯ އާއި އައިފޯން 17 ޕްރޯ މެކްސްއެވެ.

Ad
rt

އެޕަލްއިން އައިފޯން 17 ސީރީޒް ނެރޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މެދުތެރޭގައެވެ. ރަސްމީކޮށް ނެރޭނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވިނަމަވެސް، ޓެކްނޮލޮޖީ ދާއިރާގެ ތަޙުލީލުވެރިއެއް ކަމަށްވާ ޑޭވިޑް ފެލަންގެ ލަފާގައި، މި ފޯނުތައް ނެރޭނީ ސެޕްޓެމްބަރު 9 ގައި ކަމަށް ބެލެވެއެވެ.

އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ ޑިޒައިން:އެންމެ ފަހުގެ ރެންޑަރތަކުން އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ އެންމެ ތަފްޞީލީ މަންޒަރު ދައްކުވައިދެއެވެ. މީގެ ތެރޭގައި އެޕަލް ލޯގޯ ބަދަލުކޮށްފައިވާ ގޮތާއި މެގްސޭފް މެގްނެޓިކް ރިންގް އަލުން ފަރުމާކޮށްފައިވާ ގޮތް ފާހަގަކުރެވެއެވެ. ލީކްތަކުން ދައްކާގޮތުގައި ލޯގޯ ބަދަލުކުރެވޭނެއެވެ. އެންމެ ގާތްކުރާގޮތުގައި އާ ބިއްލޫރި ބައެއްގެ މެދުތެރޭގައި ބަހައްޓާނެއެވެ. މިގޮތުން ކުރީގެ ވަރޝަންތަކާ އަޅާބަލާއިރު ފަހަތު ޕެނަލްގެ ތިރިއަށް ބަދަލުކުރެވޭނެއެވެ.

އައިފޯން 17 ޕްރޯ ސީރީޒްގައި އެލުމިނިއަމް ފްރޭމެއް ބޭނުންކުރާނެކަމަށް ބެލެވެއެވެ. އަދި އައިޕެޑް ޕްރޯގެ ޑިޒައިނަށް ބަލައިގެން އަލުން ފަރުމާކުރެވިފައިވާ ކެމެރާ މޮޑިއުލްއެއް ހިމެނޭނެއެވެ. ވަޔަރލެސް ޗާޖިންގ ސަޕޯޓް ކުރުމަށްޓަކައި، އެޕަލްއިން އެލުމިނިއަމް ހައުސިންގގެ ތެރޭގައި ބިއްލޫރި ޕެނަލްއެއް ހިމަނާނެކަމަށް ބެލެވެއެވެ. މި ޕެނަލް ހުންނާނީ ކެމެރާ ސެޓަޕްގެ ދަށުގައެވެ.

އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ ކެމެރާ:

އައިފޯން 17 ސީރީޒްގެ ސެލްފީ ކެމެރާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. އައު 24 މެގަޕިކް ސެލް ފްރަންޓް ކެމެރާއެއް ހިމެނޭނެއެވެ. މިއީ އައިފޯން 16 މޮޑެލްތަކުގައި ބޭނުންކުރި 12 މެގަޕިކްސެލް ސެންސަރަށްވުރެ ދެގުނަ ރެޒޮލިއުޝަނެކެވެ. މި އަޕްގްރޭޑް ފަހުން ކަށަވަރުކޮށްދިނީ މަޝްހޫރު އެޕަލް ތަޙުލީލުވެރިއެއް ކަމަށްވާ މިންގ-ޗި ކުއޯއެވެ. މިކަން ކަށަވަރުކޮށްދިނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި، ތަޙުލީލުވެރިއެއް ކަމަށްވާ ޖެފް ޕުއިން ހާމަކުރި ގޮތުގައި އައިފޯން 17 ޕްރޯގައި އަލުން ފަރުމާކުރެވިފައިވާ ފަހަތު ކެމެރާ ލޭއައުޓެއް ހިމެނޭނެއެވެ. މިގޮތުން ތިން ލެންސް ހަރުކުރެވިފައިވާ އެރޭންޖްމަންޓަކަށް ބަދަލުވާނެއެވެ. މީގެ ތެރޭގައި ހިމެނޭ އަޕްގްރޭޑްތަކުގެ ތެރޭގައި 3.5x އޮޕްޓިކަލް ޒޫމް ހުންނަ 48 މެގަޕިކްސެލް ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ.

އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގެ އަގު:

އެޕަލްއިން 2025 ވަނަ އަހަރު އާންމު އައިފޯން ސީރީޒްގެ އަގުތައް ކުރިން ގެންގުޅުނު އުސޫލުން ކަނޑައަޅާނެކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ލިބިފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި އައިފޯން 17 ވިއްކަން ފަށާނީ 1047 ޑޮލަރުން ފެށިގެންނެވެ. އަދި އަލަށް ތަޢާރަފުކުރާ އައިފޯން 17 އެއަރގެ އަގު ހުންނާނީ ގާތްގަނޑަކަށް 1165 ޑޮލަރުގައެވެ.

މަތީ ފަންތީގެ މޮޑެލްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް، އައިފޯން 17 ޕްރޯގެ އަގު ހުންނާނެކަމަށް ލަފާކުރެވެނީ 1630 ޑޮލަރުގައެވެ. އަދި އެންމެ މޮޅު މޮޑެލް ކަމަށްވާ އައިފޯން 17 ޕްރޯ މެކްސްގެ އަގު ހުންނާނެކަމަށް ބެލެވެނީ 1920 ޑޮލަރުގައެވެ. ނަމަވެސް، ބައެއް ރިޕޯޓުތަކުން ދައްކާގޮތުގައި އަގުތައް މިއަށްވުރެ ވެސް ކުޑަކޮށް މައްޗަށް ދާނެކަމަށް ވެސް ބެލެވެއެވެ.