މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ "ޔަންމާ ސްޕެއަރ ޕްރޮމޯ 2025" މިއަދު އިފްތިތާހު ކޮށްފިއެވެ.
އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސަޢުދީއެވެ.
އެ ކުންފުނިން ބުނިގޮތުގައި މިއަދުން ފެށިގެން ސެޕްޓެމްބަރު 5 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އިތުރު ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު އެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް ޓަކައި ޚާއްސަ އިސްކަމެއް ދީގެން ހިންގަމުން އަންނަ ހަރަކާތްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!