ނޭޕާލުގައި މުޒާހަރާތައް ހޫނުވެ، ޕާލަމެންޓް އިމާރާތުގައި ރޯކޮށްލައިފި
ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ގައުމުގެ ޕާލަމަންޓު އިމާރާތުގައި މުޒާހަރާކުރާ ފަރާތްތަކުން އަލިފާން ރޯކޮށްލާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ، މުޒާހަރާތަކަށް ގަދަބާރުން ހުއްޓުވުމުގެ ސަބަބުން މީހުން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވުމަށްފަހުއެވެ. ޕާލިމަންޓު ސެކްރެޓޭރިއަޓުގެ ތަރުޖަމާނު އެކްރަމް ގިރީ ވިދާޅުވެފައިވާގޮތުގައި އެތައް ސަތޭކަ ޒުވާނުން ޕާލަމެންޓު ސަރަހައްދަށް ވަދެ، މައި އިމާ...