މިރޭ ހިފާ ހަނދުކޭތަ 1 ގަޑިއިރާއި 22 މިނިޓް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެކަން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.

މެޓް އޮފީހުން ބުނިގޮތުގައި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. ނަމަވެސް ލޮލަށް ފެންނަން ފަށާނީ 9:30 ގައި ކަމަށް މެޓުން ބުންޏެވެ.

Ad
rt

''ފުރިހަމަ ކޭތައެއް ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް'' މެޓުން ބުނެފަވެއެވެ.

އެހެންކަމުން މި ކޭތަ ފުރިހަމަ ކޭތައެއް ގޮތުގައި 1 ގަޑިއިރާއި 22 މިނިޓް ރާއްޖެ އަށް ފެންނަން ހުންނާނެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ

މެޓުން ބުނީ ކޭތަ އެއްކޮށް ވީލާ ނިމޭނީ މެންދަމު 1:55 ހާއިރުއެވެ.

މެޓުން ބުނީ މިރޭ ރާއްޖެ އަށް އާންމުގޮތެއް ގައި އުޑުމަތި ސާފުވާނެކަމަށެވެ.

މިރޭ މި ކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ 11:12 ގައި ކޭތަ ނަމާދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.