Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,683 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އައްޑޫ އަށް ވައިގެ މަގުން ޑްރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
Raajje

އައްޑޫ އަށް ވައިގެ މަގުން ޑްރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މީހާ އަތުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި...

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބަސްވުމެއް
Raajje

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބަސްވުމެއް

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓެއް ގާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ އެއިރޮނޮޓިކަލް އޮތޯރިޓީތަކުގެ ދެމެދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތައް ދަތުރުކުރުމުގައި އެއްވެސ...

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ
News

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ

މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ނުވަތަ ތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށެވެ. ނަމަވެސް މި ހާދިސާގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިޓީގެ އަސާސީ މުދަލުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރަން ނިންމައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިޓީގެ އަސާސީ މުދަލުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރަން ނިންމައިފި

އިރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ކުޅުދުއްފުށީ ސިޓީގައި ބޭނުންކުރާ ތެޔޮ، ގޭސް، ފެން އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 18 މާރޗް 2026 ގައި ބޭއްވުނު އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 6 ވަނަ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން: ޚަރަދު ކުޑަކުރުމާއި ހޭލުންތެރިކަން އި...

ގުދަނުގައި ރޯވި ހާދިސާ އާއި ގުޅިގެން އާންމުންނަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް
Raajje

ގުދަނުގައި ރޯވި ހާދިސާ އާއި ގުޅިގެން އާންމުންނަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައުރު، މި ހާދިސާ ހިނގި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފިއެވެ. އާންމުންގެ ސަމާލުކަމަށް ފުލުހުން އިލްތިމާސްކުރައްވާފައިވަނީ އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އ...

މާލޭގައި ގުދަނެެއްގައި ރޯވެ އަނދަނީ
Raajje

މާލޭގައި ގުދަނެެއްގައި ރޯވެ އަނދަނީ

‏މާލޭގައި ގުދަނެއްގައި އަލިފާން ރޯވެގެން ކަމާބެހޭ އިދާރާތަކުން ހަރަކާތްވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތްކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) ވެސް ބުނީ .ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދި...

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު
Raajje

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ދިވެހި ސަރުކާރުން މިރޭ ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ 1447 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައިވާ ގޮތުން، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18) ވީ ބުދަ […]

ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި ރައީސް މިއަދު މައްޗަންގޮޅީ މެދު ދާއިރާއަށް
Raajje

ޕީއެންސީ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި ރައީސް މިއަދު މައްޗަންގޮޅީ މެދު ދާއިރާއަށް

ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފި އެވެ. މިއީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ފެށި މި ހަރަކާތުގެ ދެވަނަ ބުރުގެ ދަށުން ރައީސް ކުރިއަށްގެންދެވި ޒިޔާރަތެކެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަން...

މާލޭގައި ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއްގައި ރޯވެއްޖެ
Raajje

މާލޭގައި ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއްގައި ރޯވެއްޖެ

މާލޭގެ ގެއެއްގެ ފަންގިފިލާއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، ގ.ހިޔާރޯދީ 1 ގެ އެއްވަނަ ފަންގިފިލާގައި ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަލިފާ ރޯވެފައިވާ ތަނަކީ ގުދަނެއް ގޮތުގައި ބޭނުންކުރާ ތަ...

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތުން ތާއީދުކޮށްފި
Raajje

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތުން ތާއީދުކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވާކަން އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ތަޞްދީޤުކުރެއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި، އެ އިޞްލާޙަށް ތާއީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް...

ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން
Thiladhunmathi News

ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން

ހދ. ހަނިމާދޫ ބިމެއް ސާފުކުރަމުން ދާތީ އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާކަމަށާއި އެހެންވެ އެކަން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. އެ ބިމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ހިރިމަރަދޫ މީހުންނަށް ގޯތިދީ، ގެ އެޅުމަށް ސާފުކުރަމުންދާ ބިމެކެވެ. އެ ބިން ސާފުކުރަމުންދާ މަންޒަރުފެންނަ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ހަނިމާ...

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ޢަމަލުކޮށްފައިވާނީ އުޞޫލުތަކާ އެއްގޮތަށް: އޭޖީ އޮފީސް
Raajje

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ޢަމަލުކޮށްފައިވާނީ އުޞޫލުތަކާ އެއްގޮތަށް: އޭޖީ އޮފީސް

ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތު...

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ދުސްތޫރީ މައްސަލަތަކެއް
Raajje

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ދުސްތޫރީ މައްސަލަތަކެއް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަތައް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ. އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނ...

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު
Raajje

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމަށް އިބްރާހިމް ޒިޔަތު އައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށް އެމްޕީއެލް އިން އިއްޔެ ވަނީ ޒިޔަތަށް މަރުޙަބާ ކިޔާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޒިޔަތު އެ މަޤާމަށް އައްޔަންކުރީ، 16 މާރިޗު 2026 ގައެވެ. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނައި މި ބަދަލާއެކު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޒިޔަތަށް ވަނީ ހޫނު […]

މަސްވެރިންނަށާއި އާންމު ދަތުރުފަތުރާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުތަކުގައި އެސްޓީއޯއިން ތެޔޮ ފޯރުކޮށްދެނީ
Raajje

މަސްވެރިންނަށާއި އާންމު ދަތުރުފަތުރާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުތަކުގައި އެސްޓީއޯއިން ތެޔޮ ފޯރުކޮށްދެނީ

މަސްވެރިންނަށާއި އާންމު ދަތުރުފަތުރާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ. އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުންނަށް މާލީ ބުރައެއް ކުރިމަތިނުވާނެހެން އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ގެންގުޅޭ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ކ...