ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފި އެވެ.

މިއީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ފެށި މި ހަރަކާތުގެ ދެވަނަ ބުރުގެ ދަށުން ރައީސް ކުރިއަށްގެންދެވި ޒިޔާރަތެކެވެ.

Ad
rt

މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި އެ ކަންކަން އަޑުއެއްސެވުމެވެ.

މިއަދުގެ ހަރަކާތުގައި ރައީސް މުޢިއްޒުގެ އަރިހުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޒިޔާރަތްތަކުގައި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް، ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޕީއެންސީން ބުނެއެވެ.

ލޯކަލް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

ޕީއެންސީން އަންނަނީ މި އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ދާއިރާތާއި ރާއްޖޭގެ ރަށްތަކުގައި ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުންނެވެ.