ރާއްޖޭގައި ޓެސްޓްކުރި ފުރަތަމަ މީހާ ކޮވިޑް19 އަށް ނެގަޓިވް
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތެރެމުންދާ ކޮވިޑް19 ވައިރަހަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓެސްޓުކުރި މީހާ ނަތީޖާ، ކޮވިޑް19 އަށް ނެގަޓިވް ކަމަށް ހެލްތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބެނެފިއެވެ. ހެލްތް މިނިސްޓްރީއިން ބުނީ ނިއުމޯނިއާ އާއި އަރިދަފުސް ރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ގޮތް ހެދީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޑައިބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 10 ލެބޯރަޓޮރީ ޓެސްޓިންގް […]