ހއ ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ތަފާތު ނަމޫނާ ހަރަކާތްތެއް އެރަށުގެ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯރސް ކުލަބާއި ދިއްދޫ ކައުންސިލް އިދާރާ، ހއ. އަތޮޅު ތައުލީމީ މަރުކަޒު، ޕާރލޭ ޖަމިއްޔާގެ އަދި އުދަރެސް އިން ގުޅިގެން އެރަށުގައި ހިންގަން ފަށައިފިއެވެ.

Ad
rt

ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް އެންޑް އެންވަޔަރަމަންޓް ކުލަބާއި މިޑްލް ސްޕޯޓްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްލާސްޓިކް ކަލެކްޝަން އަދި ގަސްއިންދުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެމަރުކަޒުގެ ހުރިހާ ބެލެނިވެރިންނާއި އެލް.ކޭ.ޖީ އިން ގުރޭޑް 12 އާއި ދެމެދުގެ ދަރިވަރުން ހާޟިރުވެފައިވެއެވެ.

މިހަރަކާތުގެ ތެރޭގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން ރަށުތެރޭގައި ހުރި ޕުލާސްޓިކް ހުސް ފުޅި ހޮވުމުގެ މުބާރާތެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުކޫލުގެ ދަރިވަރުންނަށް މިހާރު ވާނީ ކޮންމެ 2 ހަފުތާއަކުން ސުކޫލުން ކަނޑައަޅާ ދުވަހެއްގައި އެކުދިންނަށް އެއް ކުރެވޭ ޕުލާސްޓިކް ސުކޫލަށް ގެންދިއުމަށް އިރުޝާދު ދެވިފައެވެ.

މިހަރަކާތުގައި 800 ފުޅިއެއްކުރާ ދަރިވަރަކަށް ރަން މެޑެލް ލިބޭއިރު 600 ފުޅިއެއްކުރާ ދަރިވަރަކަށް ރިހި މެޑަލް ލިބޭނެގޮތައް ވަނީ ހަމަޖައްސާފައެވެ.

މިހަރަކާތުގައި އެއްކުރެވޭ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާރލޭ ޖަމިއްޔާއާއިއެކު ކުރިއަށްދާނެކަމަށް މިޑްލްސް ސްޕޯރސް ކުލަބުން މަޢުލޫމާތުދެއެވެ. އެގޮތުން އެރަށުގައި އެއްކުރެވޭ ޕްލާސްޓިކް އެއްކުރުމަށް ފަހު ޖަންބޯ ބޭގުތަކުގައި ބަންދުކުރުމަށްފަހު ޕާރލޭގެ ބެލުމުގެ ދަށުން މާލެ ފޮނުވުމަށް ނިންމާފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.

"ފަރުދީ ޒިންމާ އަދާކުރަމާ ހިނގާ!" މިސިޔާރުގެ ދަށުން އެރަށުގައި ހިންގާ ހަރަކާތުގައި ކުނިގޮނޑަށް ޕުލާސްޓިކް ފުޅި އުކާލުމުގެ ބަދަލުގައި ބަނދަރުގައި ބެހެއްޓިފައިވާ އެކަމަށް ހާއްސަ ކޮނޓަށް އެޅުމަށް ނުވަތަ ސުކޫލުގެ ދަރިވަރަކު ލައްވައި ސުކޫލުގައި ބެހެއްޓިފައިވާ ކޮނޓަށް އެޅުއްވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ދިއްދޫ އަކީ ފެހި ރަށެއްގެ ގޮތުގައި ހެދުމަށް އެރަށުގެ އެކި ސަރަޙައްދު ތަކުގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ވަނީ ފަށާފައެވެ.