މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްޓަކައި، ތިރީގައި ދެންނެވިފައިވާ ފަރާތްތައް ބަލިމީހުންނަށް ޒިޔާރަތް ނުކުރުމީ އެދެވިގެންވާ ކަމެއްކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އެހޮސްޕިޓަލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ5 ކަމަކަށް ސަމާލުވުމަށް އެދިފައެވެ.

Ad
rt

1. ފާނަބަސަންދު ޖެހިގެން އުޅޭގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން) އަލާމާތެއް ފެންނަންނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރީއާއިން ބަލި ފެތުރުމުގެ ފުރުސަތު
2. ކުޑަކުދިން
3. ދިފާއީ ނިޒާމު ބަލިކަށި ފަރާތްތައް
4. އުމުރުން ދުވަސްވީ މީހުން

5. ރޯގާޖެހި، ހުންއައިސް، ކިނބިހިއަޅާ ނުވަތަ ކެއްސާ މީހުން.

ބަލިތަކުން ރައްކާތެރިވުމަށް އަދި ބަލިފެތުރުން ހުއްޓުވުމަށް ސަމާލުކަންދޭންވީ ކަންތައްތައް:
1. ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަގަމަތި ނިވާކުރުން.
2. ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން ނޫންނަމަ ސެނިޓައިޒާރއެއް ބޭނުންކުރުން.
3. އަތްދޮވެގެން މެނުވީ ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުން.
4. ރޯގާޖެހި، ކިނބިހިއަޅާ ނުވަތަ ކެއްސާނަމަ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކު ބޭނުންކުރުން.
5. ބޭނުން ކޮއްފައިވާ މާސްކުޕީޓިޝޫފަދަ ތަކެތި ކޮތަޅަކަށްލާ ބަންދުކުރުމަށްފަހު ނުވަތަ ކޮތަޅުލައްވާފައިވާ
ޑަސްޓްބިނަކަށްވުން.
6. އިންފްލުއެންޒާ ވެސިން، ފާނަބަސަންދު ވެކްސިން، އެމް.އާރް ވެކްސިން ނުނަންގަވާ ފަރާތްތައް، ސިއްހީ
މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް، ވީ އެންމެ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރެއްވުން.